3 ނޮވެމްބަރު 1988 އަކީ ދިވެހިރާއްޖޭގެ ތާރީޚުގެ ކަޅު ޞަފްޙާއެއް ކަމަށާއި، އެދުވަހުގެ އެބިރުވެރި ވަގުތު އޭރުގެ ސަރުކާރުން އަވަށްޓެރި އިންޑިޔާގެ އެހީތެރިކަމަށް އެދުމުން، އެޤައުމުން ދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި އިންޑިޔާއަށް ޑިފެެންސް މިނިސްޓަރ މާރިޔާ ދީދީ ޝުކުރު އަދާކުރައްވައިފިއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދެއްވި ޚިތާބުގައި ވިދާޅުވީ 3 ނޮވެމްބަރުގެ ހާދިސާ ކުރިމަތިވިއިރު، ދިވެހިންގެ ކިބައިގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީނުގެ ފެންވަރާއި މިންވަރު، މިއަދާ އަޅާބަލާއިރު، ވަރަށް ތަފާތުކަމަށެވެ. އެހެނަސް، އެދުވަހު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަދަ އަބްޠާލުން ދެއްކެވި ހިތްވަރާއި ކުރުމުގެ މަތިވެރި ނަމޫނާއަށް މިނެއްނެތް ތައުރީފު ޙައްޤުކަމަށެވެ. އަދި އާންމު ރައްޔިތުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުމަށްވެސް އައްސަރިބަހާއި ސާބަސް ޙައްޤުކަމަށް ޑިފެެންސް މިނިސްޓަރގެ ޚިތާބުގައި ވެއެވެ.
3 ނޮވެމްބަރުގައި، އޭރުގެ ސަރުކާރުން އަވަށްޓެރި އިންޑިޔާގެ އެހީތެރިކަމަށް އެދުމުން، އެޤައުމުން ދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި އިންޑިޔާއަށް މި ފުރުޞަތުގައި، ޝުކުރު އަދާކުރަން. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ. މިއަދު، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ޤާބިލްކަމާއި ވަޞީލަތްތައް މިވަނީ އެތައް ގުނައެއް ފުޅާވެފަ.
– ޑިފެނެސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ސިފައިންގެ ގާބިލްކަމާއި ހުނަރު މިއަދު އިތުރުވުމުން އެންމެބޮޑު އިތުބާރެއް ލިބިގެން ގޮސްފައިވަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. މިކަމަށްޓަކައި، ރައީސް ޞާލިޙަށާއި ސިފައިންގެ ލީޑަރޝިޕަށާއި އެންމެހާ ސިފައިންނަށް، ތަހުނިޔާ އާއި ޝުކުރު މިނިސްޓަރ ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ