އުރުގުއޭ ބަލިކޮށް އާޖެންޓީނާ ވަރލްޑް ކަޕަށް ކޮލިފައިވުމާއި ގާތަށް

އުރުގުއޭ ބަލިކޮށް އާޖެންޓީނާ ވަރލްޑް ކަޕަށް ކޮލިފައިވުމާއި ގާތަށް

Author
ޔޫސުފް
13 ނޮވެމްބަރ 2021 02:53
0

ފީފާ ވަރލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ ބަލިކޮށް އާޖެންޓީނާ ވަރލްޑް ކަޕަށް ކޮލިފައިވުމާއި ގާތަށް ޖެހިލައިފިއެވެ.

ދެކުނު އެމެރިކާ ކޮލިފައިންގައި ރޭ އުރުގުއޭ އަތުން އާޖެންޓިނާ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު އާޖެންޓީނާއިން ފަށާފައިވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ފުރަތަމަ އެގާރައިގައި ނުހިމަނައެވެ. މި މެޗުގައި މެސީ ކުޅެން އަރުވާފައިވަނީ ދެވަނަ ހާފުގެ ފަހު ފަނަރަ މިނެޓުގެ ތެރޭގައެވެ.

އާޖެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މި ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ، އެންހެލް ޑި މާރިއާއެވެ.

އުރުގުއޭ އަތުން ހޯދި މި މޮޅާއި އެކު ވަރލްޑް ކަޕަށް ކޮލިފައި ވުމަށް އާޖެންޓީނާއިން ދެން ވޭނުންވަނީ 2 ޕޮއިންޓެވެ. އުރުގުއޭ އަތުން ހޯދި މޮޅާއެކު ކޮލިފައިންގެ ދެވަނައިގައި އާޖެންޓީނާ އޮތީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތީ 13 މެޗުން 21 ޕޮއިންޓް ހޯދާފައިވާ އެކުއެޑޯއެވެ. އަދި ހަތަރު ވަނައިގައި އޮތް ޗިލީ އާއި ފަސް ވަނައިގައި އޮތް ކޮލަމްބިއާއަށް ވަނީ 13 މެޗުން 16 ޕޮއިންޓް ލިބިފައެވެ.

ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ލިބޭއިރު، ކޮލިފައިންގެ އެއްވަނައިގައި އޮތް ބްރެޒިލް މިހާރު ވަނީ ވޯލްޑް ކަޕުގެ ޖާގައެއް ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.