މަހަށް ނިކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފި

މަހަށް ނިކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފި

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2021 05:28
0

ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރާއި ދޭތެރޭ މަހަށް ނުކުމެ އުޅުނު ޑިންގީއެއް އައި ވިލާގަނޑެއްގައި ޖެހި، ރާޅެއްގައި ބަންޑުން ޖަހާލުމާއި ގުޅިގެން އެމްއެންޑިއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 15:40 ހާއިރު އެވެ. މިގޮތުން ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ފެނިފައި ވަނީ ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ދޭތެރޭ ލޯންޗެއް ބަންޑުންޖަހާލައިގެން ކަނޑުވެފައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގައިގެން އުޅެނިކޮށެވެ.

މިހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި ތިބީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ގަލްފް ކްރާފްޓް ލޯންޗްގައި ތިބި ސިފައިން ވަނީ ވަގުތުން މިހާދިސާއަށް އެޓެންޑްވެ ބަންޑުން ޖަހާލި ލޯންޗްގައި ތިބި ދެ ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައެވެ.

އަދި އެނބުރި ޑިންގީ އޮތް ސަރަހަށްދަށް ގޮސް ޑިންގީ ފުށުން ޖަހައި ކަފުޖަހައިގެން ގަލްފް ކްރާފްޓްގައި ނޮދަން އޭރިއާގެ ސިފައިން ވަނީ ބަންޑުން ޖަހާލި ލޯންޗް ނޮޅިވަރަމަށް މިއަދު 17:15 ހާއިރު ގެންގޮސްދީފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.