މާލެ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މުޖުތަބާ އައްޔަންކޮށްފި

މާލެ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މުޖުތަބާ އައްޔަންކޮށްފި

Author
މުޙައްމަދު ޖިމީ
10 ނޮވެމްބަރ 2021 06:57
0

މާލެ ސީޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލް އައްޔަންކޮށްފިއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެހާ ކަންކަން ކުރުމަށް އައްޔަންކުރާ އެންމެ އިސް ފަރާތެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހާއެކު ކައުންސިލްތަކަށް އެސްޖީން އައްޔަންކުރަންޖެހެއެވެ. އެގޮތުން އެ މަޤާމަށް ހުޅުވާލުމުން 511 މީހުން ކުރިމަތިލިއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަޤާމަށް 23 މީހަކު ކުރިމަތިލިއެވެ.

ސިޓީ ކައުންސިލްގެ އެސްޖީގެ މަޤާމަށް އައްޔަންކުރި މުޖުތަބާ ޖަލީލަކީ މިދިޔަ ޕީޕީއެމް ސަރުކާރުގައި އެންސްޕާގެ ސީއީއޯއެވެ. އަދި ކުރީ ސަރުކާރުގައި  އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރާއިގެގޮތުގައި 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު އެކު ޖުމުލަ 35،500 ރުފިޔާ ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.