ނުރައްކާ ބޮޑުވަނީ، މިއަދު 182 މީހުން ޕޮޒިޓިވްވެއްޖެ!

ނުރައްކާ ބޮޑުވަނީ، މިއަދު 182 މީހުން ޕޮޒިޓިވްވެއްޖެ!

Author
މުޙައްމަދު ޖިމީ
07 ނޮވެމްބަރ 2021 10:02
0

ރާއްޖެއިން އިތުރު 182 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 182 މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި 124 މީހުންނާއި މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 24 މީހުން އަދި ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 34 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދުވަނީ 88،817 އަށް އަރާފައެވެ.
މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 2،000 އެވެ. މީގެތެރެއިން 26 މީހުންނަށް ފަރުވާދެމުންނައަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 257 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86،559 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،656 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 245 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލްމާ
ހަމަ ބޮޑުކޮށް ސުރުހީ ހެދުންދޯ ކަމަކީ. ކޮވިޑް ގެ ނަންބަރ އެއީ ސަޕްރައިޒެއް ނޫން