އިތުރު 130 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 130 މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި 103 މީހުންނާއި މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 19 މީހުން އަދި ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 8 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދުވަނީ 88،516 އަށް އަރާފައެވެ.
މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 1968 އެވެ. މީގެތެރެއިން 25 މީހުންނަށް ފަރުވާދެމުންނައަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 122 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86،290 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2،801 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 245 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.
ކޮމެންޓު ފޮނުވާ