އެމްއެންޕީގެ އަތޮޅުތެރޭގެ ހަރަކާތްތައް ފުޅާކުރުމަށް އައްޑުއާއި ފުވައްމުލަކަށް ދަތުރުތަކެއް!

އެމްއެންޕީގެ އަތޮޅުތެރޭގެ ހަރަކާތްތައް ފުޅާކުރުމަށް އައްޑުއާއި ފުވައްމުލަކަށް ދަތުރުތަކެއް!

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2021 08:16
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ހަރަކާތްތައް އަތޮޅު ތެރޭގައި ފުޅާކުރުމަށްޓަކައި، އެޕާޓީގެ ލީޑަރޝިޕުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ދަތުރުފަށައިފިއެވެ.

އެމްއެންޕީން ބުނީ، އެޕޓީގެ ރައީސްއާއި، ލީޑަރޝިޕް އަދި އެގްޒެކެޓިވް ކައުންސިލް މެންބަރުން ސައުތު ރީޖަނަށް މިއަދުން ފެށިގެން މިމަހުގެ 9އާއި ހަމައަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މިދަތުރުގައި މިދަތުރުގައި އެޕާޓީގެ ރައީސް ކާނަލް ނާޒިމްއާއި، ނާއިބް ރައީސުންނާއި، ކައުންސިލް މެމްބަރުންވެސް ބައިވެރިވެއެވެ. މިދަތުރަކީ އެމްއެންޕީ މެންބަރުންނާ ބައްދަލުކޮށް، ޕާޓީގެ ހަރަކާތްތައް ރީޖަންތަކުގައި ހިންގުމުގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެކަމަށް ކުރާ ދަތުރުތަކެކެވެ. އެގޮތުން މިދަތުރުތަކުގައި މިއަދާއި މާދަމާ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ މަރަދޫ، ފޭދޫ، މަރަދޫ ފޭދޫ އަދި ހިތަދޫއަށެވެ. އަދި 7 ވަނަ ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ މީދޫ އާއި ހުޅުދޫއަށެވެ. އަދި ފުވައްމުލައް ސިޓީއަށް ދަތުރުކުރަނީ މިމަހު 8 އިން 9އަށެވެ.

އެމްއެންޕީގެ މި ދަތުރަކީ އެޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެމްއެންޕީން ބުނެފައިވަނީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައެވެ. އެމްއެންޕީއަކީ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވާ އެންމެ ހަނގު ސިޔާސީ ޕާޓީއަށް ވިޔަސް އެޕާޓީގައި ސިޔާސީ ގޮތުން ތަޖުރިބާ ހުރި ގިނަ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހު 5،000 ވުރެ ގިނަ މެންބަރުންގެ ފޯމާ އެކުއެވެ.

އެމްއެންޕީން ބުނެފައިވާ ގޮތުން އެޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މެމްބަރުންގެ އަދަދު 10،000 އަށް އިތުރުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.