ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް ރަޖިސްޓްރީ ކުރަން އަންގައިފި

ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް ރަޖިސްޓްރީ ކުރަން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2021 01:29
0

ވިލިމާލޭގައި ދުއްވާ ބެޓަރީ އުޅަނދުތައް މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވަހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް މިމަހުގެ 19ވަނަ ދުވަހުގެ ކުރިން ކައުންސިލްގައި ރަޖިސްޓްރީކުރުމަށް ސިޓީ ކައުންސިލުންވަނީ އަންގާފައެވެ. އަދި މިމުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައްވެސް ކައުންސިލްގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްކުރެވޭނެ ގޮތް ވެސް ކައުންސިލުން ވަނީ ހަމަޖައްސައިދީފައެވެ. މާލެ ސިޓީ ކައުންސިލުން އިތުރަށް ބުނީ ބެޓަރި އުޅަނދުތައް ރަޖިސްޓްރީވުމަށް މިހާރު ދީފައިވާ މުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައްވެސް ކައުންސިލްގައި ގަވައިދުން ރަޖިސްޓްރީ ކުރަން ވާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އެކަމަށް އެދިހުށަހެޅުއްވުމަށް މާލެ ސިޓީ ކައުންސިލްގެ (www.malecity.gov.mv) ވެބްސައިޓްގައި އެކަމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.