ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރި އޭޕްރަންގެ މަސައްކަތްތައް ނިންމައި އެތަން އެއްކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި އޭޕްރަންގައި ފްލައިޓް ޕާކްކޮށް ޓެސްޓުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ވެސްޓް އޭޕްރަން ހުޅުވުމުގެ ގޮތުން މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިންއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓް Q2707 އަށެވެ. ބޯޓަށް މަރުހަބާކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް ވަނީ ދީފައެވެ.
މި އޭޕްރަން ހުޅުވުމުގެ ގޮތުން އެމްއޭސީއެލުން ވަނީ އިންޑިއާއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަކަށް ފެނުގެ ސެލިއުޓާއެކު މަރުހަބާ ކިޔާފައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި އެއާލައިން އޮޕަރޭޓަ ކޮމެޓީގެ ޗެއާމަން މަހުޖޫބު އަބްުދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަލަށް ހުޅުވި މި އޭޕްރަންގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ޕާކު ކުރުމަަށް ނުވަ ސްޓޭންޑު ހުންނާނެއެވެ.
އެމްއޭސީއެލްގެ ސީއީއޯ ގޯރޑޮން އެންޑުރޫ ސްޓެވަރޓް ވިދާޅުވީ ވެސްޓް އޭޕްރަން ހުޅުވުމާއެކު ކުރިއަށްވުރެ އަވަހަށް ރައްކާތެރިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށެވެ. މިއޭޕްރަން ޑޮމެސްޓިކް ޓާރމިނަލްއާ ކައިރިވުމުން، މީގެފަހުން ފަސިންޖަރުން އުފުލުމުގައި ބަހުގެ ބޭނުމެއް ނުޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި އެޕްރާންގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ތިޔާގި ދުވަސްވަރު ކަމަށްވާތީ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި އިތުރު މުވައްޒަފުންނާއި ވަސީލަތްތައް ހޯދަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މި ދުވަސްވަރާ ދިމާކޮށް ހުޅަނގު އޭޕްރަން ހުޅުވުމަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުޔެއް ކަމަށެވެ. އަދި އެއާލައިންތަކަށް ވެސް މީގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިތަނުގައި ޖުމުލަ 9 އެއަރކްރާފްޓްއަކަށް ޕާކްކުރެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. މިގެ އިތުރުން މިހާރު ތަރައްޤީކޮސްފައިވާ އޭޕްރަންގައި އެކިކަންކަން އަންގައިދޭ މުހިއްމު ނިޝާންތަކެއްވެސް ވަނީ ކުރުހާފައެވެ. މިއީ އެ ސަރަޙައްދުގައި ސަލާމަތީގޮތުން އަޅާފައިވާ ފިޔަވަޅެއްކަމަށް އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވައެވެ.
ކޮމެންޓު ފޮނުވާ