މޫސުން ގޯސްވުމުން މާދަމާ ހިނގާލުން ނުބާއްވަން ނިންމައިފި

މޫސުން ގޯސްވުމުން މާދަމާ ހިނގާލުން ނުބާއްވަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2021 01:44
0

މޫސުން ގޯސްވުމާއި ގުޅިގެން މާދަމާ ބޭއްވުމަށް ކުރިން އިއުލާން ކޮށްފައިވާ އިދިކޮޅު ކޯލިޝަންގެ ބޮޑު ހިނގާލުން މާދަމާ ނުބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހިނގާލުން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މޫސުން ގޯސްވުމާއި ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން ފަހުގެ ތާރީހަކަށް ފަސް ކުރެވިފައިވާކަމަށެވެ.

މިއީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ފަށައިގެން އުޅޭ ކެމްޕޭނެކެވެ. އެ ކަމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް ބާއްވައި، ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގަނީ އިންޑިއާގެ އެހީ އެދި ލޯނު މެދުވެރިކޮށެވެ.

އިންޑިއާސިފައިންނާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.