ކޯވިޑަށް ފަރުވާދެމުންދިޔަ 81 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ 81 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2021 12:28
0

ކޮވިޑް-19ށް ފަރުވާދެމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފަރުވާ ދެމުން ދަނިކޮށް ބުރާސްފަތި ދުވަހު ނިޔާވެފައިވަނީ 81 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ބުރާސްފަތި ދުވަހުގެ ހެނދުނު 7:19 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

ބުރާސްފަތި ދުވަހު ނިޔާވި މީހާއާއެކު މިހާތަނަށް ރާއްޖެއިން 244 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ކޮވިޑް-19 ގައި މިދިޔަ އޮކްޓޯބަރ މަހުގައި އެކަނި ވެސް 12 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑްގެ ހާލަތު ގޯސް ވެގެން މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން މި ބަލީގައި ނިޔާވެފައިވަނީ މެއި މަހުގައެވެ. މެއި މަހުގައި 88 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.