ރައީސުލްޖުމްހޫރިއްޔާ ލަންޑަނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ލަންޑަނަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2021 04:56
0

ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް އިވެންޓް ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލަންޑަނަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން، ޑަބްލިއުޓީއެމް އަށް މި ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މި އަހަރުގެ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26) ގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.

މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދިވެހި ދަޢުލަތުގެ ވެރިޔެއް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސްގެ މިދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތުމީހާ
ފޮރިންމިނިސްޓަރުު އިބްރާހީމްް ރާއްޖޭގަަ ދެފައިނުޖައްސާާ މިދައުރުގެެ ބާކީބައިި ނިންމާލަނީތަަ ރާއްޖެޔަކާާ ރައްޖެއެއްެ ހުރިހާވެރިންތައްް ހީވަނީީ ދޮންދޫނިތަކެއްހެންް އުދުހިއުދުހިި ރައްޔިތުންހަނާވަނީީ މިވެރިންނާވާަ ބެހޭކަމެއްވެސްނޫންް