ޝަހީދު ހުސެން އާދަމްގެ ސަކަ މިޒާޖުގެ ވާހަތައް ކޮއްކޮ ހަދީޖާ އާދަމްގެ ދުލުން

ޝަހީދު ހުސެން އާދަމްގެ ސަކަ މިޒާޖުގެ ވާހަތައް ކޮއްކޮ ހަދީޖާ އާދަމްގެ ދުލުން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ފަހުގެ ތާރީހެއްގައި ދިވެހިން ދުށް އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާގައި ދިވެހިންނަށް ނަސްރު ހޯދައިދިނުމުގައި އެންމެ ބޮޑު ޤުރުބާނީއެއްވި ޝަހީދު ހުސެއިން އާދަމްގެ ސަކަ މިޒާޖުގެ ވާހަތައް އޭނާގެ ކޮއްކޮ ހަދީޖާ އާދަމް ހިއްސާ ކުރައްވައިފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ ނޮވެމްބަރު 3 އާއި ގުޅިގެން "މިހާރު" ނޫހަށް ދިން އިއްޓަރވިއުއެއްގައި ހަދީޖާ އާދަމް ބުނެފައިވަނީ، ހުސެއިން އާދަމަކީ ވަރަށް ސަކަ މިޒާޖެއްގެ މީހެއްކަމަށެވެ. އޭނާއާއިއެކު ރަށުގައި ކުޑައިރު އުޅުނުއިރު އަބަދުވެސް ކޮންމެވެސް މަޖާކަމެއް ކޮށްނުލާ ދުވަހެއް ނުދާނެކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ މިހާރުވެސް ހުސޭނު ނެތްކަމުގެ އިހުސާސް ނުވާކަމަށެވެ.

ހުސެއިން އާދަމަކީ ވަރަށް މަޖާ، ސަކަ މިޒާޖެއްގެ ކުއްޖެއް. ވަރަށް މަޖާ ކަންތައް ކުރާނެ. ދުނިދަނޑިން ދުނި ޖަހާނެ. ބަބުކެޔޮ ގަހަށް ޖަހާނެ. ފޭރު ގަސް ގަހަށް ޖަހާނެ.  އެހެން އުޅުމުން މަންމަ ބުނާނެ ހުސޭނު ތިކުރަނީ ކީތް ހެއްޔޭ. ދެން ހުސެން ބުނާނެ ފަހުން ރަނގަޅު ވާނެއޭ. މަންމަ ފަހުން ރަނގަޅުވާނެއޭ، އޭރުވެސް ބުނާނެ އެހެން. އޭރުދެން ނުހުންނާނެ ގަހުގަ ބަނބުކޭލެއްވެސް ހުސޭނު ދުނިޖަހާފަ ކިރުނުބާލުވާ ކަނބުބޭލެއް. ދެން ވަރަށް މަޖާކޮށް އުޅެނީ. ވަރަށް ފަޚުރުވެރިވޭ ހުސޭނާއި މެދު.

– ކޮއްކޮ ހަދީޖާ ބުނެފައިވެއެވެ.

ހަދީޖާ ބުނީ ނޮވެމްބަރު ތިން ވަނަ ދުވަހު ބައްޕަ ދަމުން ހުސެއިންގެ ޚަބަރެއް ނުވާތީ ބަލާފައި އަންނާނެކަމަށް ބުނިކަމަށެވެ. ބައްޕަ ގެއަށް ނައިސް ލަސްވެގެން ބައްޕަ އާދޭތޯ ބަލަންވެގެން ނިކުތްއިރު ދެއަތް ބޮލަށްލައިގެން އަންނަތަން ފެނުނުކަމަށެވެ. އަދި އައިރު ފަހަތުން ބައިވަރު މީހުންވެސް އައިކަމަށާއި، ބައްޕަ ރޮއިގަނެފަ ހުސެއިން އާދަމްވީ ޝަހީދުންގެ ބައިގައި ކަމަށް ބުނިކަމަށެވެ. އަދި ވަގުތުން މަންމަ ބިންމައްޗަށް ވެއްޓުނުކަމަށާއި، ބައްޕަވެސް އޭރު ގެންދިޔައީ ވަރަށް ގަދަޔަށް ރޮމުންކަމަށެވެ. އެދުހަކީ ހިތްދަތި ދުވަހެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ޤައުމަށް މިދިމާވި ނުރައްކާތެރި ދަނޑިވަޅުގައި، ދުޝްމަނުންގެ ހަމަލާ ނާކާމިޔާބުކޮށްލައި ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި ޝަޙީދު ޙުސައިން އާދަމަކީ މުޅި ޤައުމު ފަޚުރުވެރިވާ ތިލަދުންމަތީގެ ދަރިއެކެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން، ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. އެދުވަހު ދުޝްމަނުން ރާވާފައިއޮތީ ސިފައިންގެ ހިފުމަށްފަހު، ދިވެހި ޤައުމު އެމީހުންގެ އަތްދަށަށް ގެނައުމަށެވެ. ނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާ ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.

1968 ވަނަ އަހަރު ބޮޑުތިލަދުންމަތީގެ ކުޅުދުއްފުއްޓަށް އުފަންވެ ވަޑައިގަތް ޝަހީދު ޙުސައިން އާދަމްގެ ނުހަނު ޅައުމުރުގައި ވަޠަންގެ ދިފާއުގައި އައްޑަނައަކަށްވެ ވަޑައިގެން ފުރާނައިންވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކީ ދުލަކުން ނުވަތަ ގަލަމަކުން ބަޔާން ކުރެވޭނެ ޤުރުބާނީ އެއްނޫނެވެ. ދިވެހިން ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެމްބަރ 3 ވަނަ ދުވަހަކީ، އެމަތިވެރި ޝަހީދާއެކު، މިޤައުމަށްޓަކައި ފުރާނަ ޤުރުބާންކުރެއްވި އެހެން ޝަހީދުންގެ ޒިކުރާ އައުކުރެވޭ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.