ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހއ.މޮޅަދޫ ބަހާރުގޭ ޢަބްދުﷲ އަލިމަނިކާއި ހއ.ހޯރަފުށީ އަލަނާސިގޭ މުޙައްމަދު ތަސްލީމްގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި، ދައުލަތުން އަނެއްކާ ވެސް އެދިވަޑައިގަތީ ޝަރީއަތް ނިމެންދެން ދެ މީހުން ބަންދު ކުރުމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މުޖުތަމައަށް ނުރައްކާ ވުމާއި، ބަންދު ކުރެވޭ ވަރަށް ހެކި ގަރީނާ ދައުލަތުން ހުށަހަޅުއްވާފައި އޮތުމުންނެވެ. މިއަދުގެ އަޑުއެހުމާ ހަަމައަށް ވެސް އަލި މަނިކޮށް ވަކީލަކު ހަމަޖެހިފައެއް ނުވެއެވެ. އޭނާއަށް ދިން ފުރުސަތުގައި އެދިފައިވަނީ ޝަރުތުތަކާއެކު ވިޔަސް އޭނާގެ ބަންދަށް ލުޔެއް ދިނުމަށެވެ. މިހާތަނަށް އައި އިރު ވެސް ފަސް މަހެއްހާ ދުވަހު ބަންދުގައި ހުރި ކަން އޭނާ ފާހަގަ ކުރިއެވެ.
ތަސްލީމްގެ ދިފާއީ ވަކީލަކު މިއަދު ބައިވެރިވެވަޑައިގެންނެވިއިރު، އޭނާ ވެސް އެދިވަޑައިގަތީ ތަސްލީމްގެ ބަންދަށް ލުޔެއް ދިނުމަށެވެ. މި ގޮތުން ފާހަގަ ކުރެއްވީ ވެސް ކްރިމިނަލް ކޯޓުގައި ހިނގި ޓެރަރިޒަމްގެ އެހެން މައްސަލައެއްގައި އެފަދަ ލުޔެއް ދީފައިވާ ކަމެވެ.
މި ދެ މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
One Response
ބަންދު ނުކުރިނަމަ ޢަބްދުﷲ ޤާޒީ ވަގަށްނެގި ގޮތަށް ވަގަށް ނެގީސް