މިއަދު ރާއްޖެއިން ކޯވިޑަށް ޕޮޒިޓްވީ 146 މީހުން

މިއަދު ރާއްޖެއިން ކޯވިޑަށް ޕޮޒިޓްވީ 146 މީހުން

ރާއްޖެއިން އިތުރު 146 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 146 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި33 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 102 މީހުންނެވެ. އަދި ރިސޯޓްތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ ކޯވިޑް ކޭސްތައް، ޚާއްސަކޮށް ރަށްރަށުން ރިޕޯޓްކުރާ ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވާން ފެށުމާއެކު، މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ އިތުރުވާން ފަށާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 1792 ގައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން 30 މީހަކަށް މިހާރުދަނީ ފަރުވާ ދެމުންނެވެ.

މިބަލިން މިއަދު ރަނގަޅުވެފައިވަނީ 77 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،736 އަށް އަރާފައެވެ. މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *