މިމަހުގެ 30 ވަނަ ދުވަހުގެ ކޯވިޑް އަޕްޑޭޓް އެޗްޕީއޭއިން ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ ހިސާބުތަކުން މިމަހުގެ 30 ވަނަ ދުވަހު 53 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 13 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 37 މީހުންނެވެ. އަދި ރިސޯޓްތަކުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖޭގެ ކޯވިޑް ކޭސްތައް، ޚާއްސަކޮށް ރަށްރަށުން ރިޕޯޓްކުރާ ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވާން ފެށުމާއެކު، މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ އިތުރުވާން ފަށާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 1723 ގައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން 29 މީހަކަށް މިހާރުދަނީ ފަރުވާ ދެމުންނެވެ.
މިމަހުގެ 30 ވަނަ ދުވަހު މިބަލިން 94 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،659 އަށް އަރާފައެވެ. މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.