ނަސްރުގެ ދުވަހު އެމްއެންޕީން ކުޅުދުއްފުށީގައި ޖަލްސާއެއް ބާއްވަނީ

ނަސްރުގެ ދުވަހު އެމްއެންޕީން ކުޅުދުއްފުށީގައި ޖަލްސާއެއް ބާއްވަނީ

މިއަހަރުގެ ނަސްތުގެ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ހާއްސަ ޖަލްސާއެއް ހދ.ކުޅުދުއްފުށީފައި ބޭއްވުމަށް ނިންމައިފިއެވެ.

މިފަހްތާގެ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާއަކީ ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް ބާއްވާ ޚާއްސަ ޖަލްސާއެއްކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ކުޅުދުއްފުއްޓަކީ ނޮވެމްބަރު ތިނެއްގައި ދިވެހިންނަށް ނަސްތު ހޯދައިދިން ޝަހީދު ހުސެއިން އާދަމް އެފަސްގަނޑަކަށް ނިސްބަތްވާ ރަށެވެ.

1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަސް ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚް ނުދެކޭފަދަ ބިރުވެރި ކަންތައްތަކަކާ ދިވެހިން ކުރިމަތިލާންޖެހުނު ދުވަހަކަށެވެ. ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވަނީ 1988 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ. ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.

އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލެ، ދިވެހި ޤައުމަށް ޣައްދާރުވި އަދާވާތްތެރިންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ހަތިޔާރާއެކު ދިވެހި ސިފައިންގެ މައި މަރުކަޒަށް ޙަމަލާދެމުން ގެންދިޔައެވެ. މި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތް ސިފައިންގެ 8 ބޭފުޅަކު ބާޣީންގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެގެންދިޔައެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުކޮށްލި 11 މީހުންނާއެކު ޖުމްލަ 19 މީހުން މި ޢުދުވާނީ ޙަމަލާގައި ވަނީ ޝަހީދުކޮށްލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ގައުމު އިންޑިޔާ އަށް ވިއްކާލުމުގައި ތިޔަތިބީ ބައިވެރި ވެގެން….އެކަމާ އެއްޗެއް ބުނަން ނުކެރި ތިބުމަކީ ޝަހީދު ހުސައިން އާދަމަށް ކުރެވޭ މަލާމާތެއް..ދެން ކޮން ޖަލްސާއެއް.

Leave a Reply

Your email address will not be published. Required fields are marked *