ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގެ ތެރެއިން އއ.ބޮޑުފުޅަދޫގައި ދެމުންދާ ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.
ސްޓެލްކޯއިން ގެންދަނީ އެކުންފުނިން ޚިދުމަތްދޭ ރަށްތަކުގައި ދޭ ޚިދުތަމް ފުޅާކުރަމުންނެވެ. އެގޮތުން އއ.ބޮޑުފުޅަދޫގެ ކަރަންޓު ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު ޖަނަރޭޓަރެއް އެރަށަށް ގެންގޮސް އެޖަނަރޭޓަރު ކޮމިޝަންކޮށް މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. މިއާއެކު އެރަށުގައި ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ.
މިއާއިއެކު ސްޓެލްކޯއިން ބޮޑުފުޅަދޫގައި ދޭ ކަރަންޓުގެ ޚިދުމަތް 488kW އިން 738kW އަށް އިތުރު ކުރެވިފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އއ. ބޮޑުފުޅަދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފޮނުވާފައިވާ އައު ޖަނަރޭޓަރު ކޮމިޝަން ކުރެވި ބޭނުން ކުރަން ފެށުމާއެކު، ބޮޑުފުޅަދޫގެ ކަރަންޓުގެ ކެޕޭސިޓީ މިހާރު ވަނީ 488kW އިން 738kW އަށް އިތުރު ކުރެވިފައި.
– ސްޓެލްކޯއިން ބުނެފައިވެއެވެ.
އއ. ބޮޑުފޮޅުދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފޮނުވާފައިވާ އައު ޖަނަރޭޓަރު ކޮމިޝަން ކުރެވި ބޭނުން ކުރަން ފެށުމާއެކު، ބޮޑުފުޅަދޫގެ ކަރަންޓުގެ ކެޕޭސިޓީ މިހާރު ވަނީ 488kW އިން 738kW އަށް އިތުރު ކުރެވިފައި. pic.twitter.com/bejFgj9DfM
— STELCO (@STELCOMALDIVES) October 29, 2021
އާބާދީގައި 800 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އއ. ބޮޑުފުޅަދޫއަށް އައު ޖަނަރޭޓަރެއް ގެންދިޔައީ މިހާރު، ބޭނުން ކުރާ ޖަނަރޭޓަރުން އެންމެ އެކަށީގެންވާ ގޮތަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާތީއެވެ.