ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާގެ ގޭގެ ކުރިމަތީގައި ހުރި ސައިކަލުތަކަކަށް ގެއްލުން ދީފިއެވެ.
ޖާބިރުގެ ގެ ހ.ތިމާވެށި ކުރިމަތީގައި ހުރި ސައިކަލުތަކަށް ގެއްލުން ދީފައިވަނީ އޭނާ ގެއިން ނިކުންނަނަށް އުޅުނުއިރު ގޭ ދޮރުމައްޗަށް ވާ ގޮތަކަށް ސައިކަލުތަކެއް ޕާކްކޮށްފައި ހުރުމުންނެވެ. ޖާބިރުވަނީ ސައިކަލުތައް އަތުން ކޮށްޕައި ވައްޓާލާފައެވެ. މިގޮތަށް އޭނާ ވަނީ 3 ވަރަކަށް ސައިކަލު ކޮށްޕާ ވައްޓާލާފައެވެ. އޭނާ ސައިކަލުތަކަށް ގެއްލުންދިން އިރު އޭނާއާއިއެކު އިތުރު މީހެއްވެސް ހުއްޓެވެ. ނަމަވެސް އެމީހާ އެކަން ހުއްޓުވުމަށްވެސް އަދި އެކަމާއި އެއްވެސް ވަރަކަށް އަޅާވެސް ލާފައި ނުވެއެވެ.
H. Thimaaveshi kurimathee huri cycle thakakah @chairmanjabir gellun dhenee pic.twitter.com/xIukpp5ftf
— Ali yaamin (@yaamin_ali) October 28, 2021
ޖާބިރު ސައިކަލުތަކަށް ގެއްލުން ދެމުންދިޔައިރު، ދިޔައީ އަޑުގަދަކޮށް ކޮންމެވެސް އެއްޗިހިތަކެއް ކިޔަމުންނެވެ. މިމައްސަލަ ފުލުހުން ބަލާކަމެއް ނުވަތަ ހުށަހެޅިފައިވާކަމެއްވެސް އަދި ވިދާޅުވެއް ނުވެއެވެ.
ފަހަކަށް އައިސް ޖާބިރުގެ އަމަލުތައް ހުންނަ ގޮތުން އާންމު ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރައީސް މައުމޫންގެ ގެކޮޅަށްވެސް ގެއްލުންދީފައެވެ. އަދި އއ.މަތިވެރި އަށް އަރައި އެރަށު މީހުންނާއި ދެކޮޅަށްވެސް ހަމަ ނުޖެހުން ހިންގާފައެވެ.
ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުންދިން މައްސަަލަ ފުލުހުން ބަލަނީ
މަޖިލީހުގައާއި މަޖިލީހުގެ ބޭރުގައިވެސް ނަޝީދުގެ އަމަލުތައް ހުންނަ ގޮތުން އޭނާއަށް އިތުރު ފަރުވާ ބޭނުންވާ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެގޮތުން މަޖިލިސް ބޭރުގައި އޮށޯވެ މުޒާހަރާ ކުރުމާއި، މަޖިލީހުގައި އިސްލާމްދީނާއި ޚިލާފް ވާހަކަ ދެއްކުންފަދަ އަމަލުތައްވެސް ޖާބިރުގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ