ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން އެޕާޓީގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ހިއްސާ ކުރައްވައިފިއެވެ.
ދުބާއީގައި އޮތް މިބައްދަލުވުމާއި ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސްއާއި ބައްދަލު ކުރައްވައި އެމްއާރުއެމްގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. މިކަމަށްޓަކައި ރައީސް ޞާލިހަށް، ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
Thank you Excellency President @ibusolih for the opportunity YE gave me today to discuss our current situation and MRM’s concerns. It was a great honour. Deeply appreciate YE’s views and insights. pic.twitter.com/dgy6ft5cEz
— Maumoon Abdul Gayoom (@maumoonagayoom) October 28, 2021
ރައީސް ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ ބައިވެރިވެވަޑައިގަންނަވާއިރު، އަރިހުގައި ރާއްޖޭގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް މައުމޫން ދުބާއީ އަށް ވަޑައިގެން އުޅުއްވަނީ އަމިއްލަ ދަތުރުފުޅެއްގަ އެވެ. ރައީސް ސޯލިހު ދުބާއީ އަށް ވަޑައިގެންނެވީ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ
ރައީސް ޞާލިހު ދުބާއީއަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވާފައިވާއިރު، އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ކޮޕް 26 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސްކޮލްޑޭންގުގެ ގްލާސްގޯއަށެވެ.
ކޮމެންޓު ފޮނުވާ