މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހަމަޖައްސަވައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ އިއްޔެއެވެ. އެޕާޓީ ދަފްތަރު ކޮށްފައިވަނީ މަޖިލީހުގެ 3 މެމްބަރުންނާއިއެކުގައެވެ.
އެމްއެންޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރިޔާޒު ހަމަޖެއްސެވިއިރު، ނާއިބު ލީޑަރަކަށް ހަމަޖައްސާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރ އަޙްމަދު އުޝާމްއެވެ.
މަޖިލީހުގެ މެމްބަރުންގެ ދަފްތަރު:
* އެމްޑީޕީ – 65 މެމްބަރުން
* ޕީޕީއެމް – 6 މެމްބަރުން
* ޖުމްހޫރީ ޕާޓީ – 3 މެމްބަރުން
* ޕީއެންސީ – 3 މެމްބަރުން
* އެމްއެންޕީ – 3 މެމްބަރުން
* އެމްޑީއޭ – 2 މެމްބަރުން
* މިނިވަން – 5 މެމްބަރުން
މަޖިލީހުގެ ރައީސް ވިދާޅުވީ މިބަދަލާއެކު މަޖިލީހުގެ ކޮމެޓީތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް އެކުލެވެއެވެ. މީގެ ތެރެއިން މަޖިލީހުގައި ތަމްސީލް ކުރަމުންދަނީ ސިޔާސީ 6 ޕާޓީއެއްގެ މެމްބަރުންނެވެ.
ކޮމެންޓު ފޮނުވާ