ލޯބިވެރިޔާ އަށްޓަކާ ޝާހީ އާއިލާ ދޫކޮށް، ޖަޕާނުގެ ޕްރިންސެސް މިއަދު ކައިވެނި ބައްލަވައިގެންފި

ލޯބިވެރިޔާ އަށްޓަކާ ޝާހީ އާއިލާ ދޫކޮށް، ޖަޕާނުގެ ޕްރިންސެސް މިއަދު ކައިވެނި ބައްލަވައިގެންފި

Author
ހުސެއިން
26 އޮކްޓޯބަރ 2021 10:36
0

ޖަޕާނުގެ ޕްރިންސެސް، މާކޯ، އޭނާގެ ލޯބިވެރިޔާއަށްޓަކާ ޝާހީ އާއިލާ ދޫކޮށް، ޖަޕާނުގެ އާދައިގެ ރައްޔިތެއް ކަމުގައިވާ ކެއި ކޮމޫރޯއާއި މިއަދު ކައިވެނި ބައްލަވައި ގެންފިއެވެ.

ޖަޕާނުގެ އިމްޕީރިއަލް ގާނޫނު ބުނާގޮތުން، އެގައުމުގެ ޝާހީ އާއިލާގެ އަންހެން މެމްބަރަކު އާދައިގެ ރައްޔިތަކާ ކައިވެނި ބައްލަވާގަންނަވާ ހިސާބުން ޝާހީ އާއިލާ ދޫކޮށްލަވަން ޖެހެއެވެ. އަދި އެއަށްފަހު، އޭނާއަށް ލިބިގެން ދާނީ ޖަޕާނުގައި އާދައިގެން ރައްޔިތަކަށް ލިބިގެންވާ އިމްތިޔާޒުތަކާއި އިނާޔަތާއި ހައިސިއްޔަތެވެ.

އެމެރިކާގެ ލޯ ފާމެއްގައި މަސައްކަތް ކުރަމުންދާ، ޖަޕާނުގެ އާދައިގެ ރައްޔިތެއް ކަމުގައިވާ ކެއި ކޮމޫރޯއާއި މިއަދު ކައިވެނި ބައްލަވައި ގަތުމަށްފަހު، ޕްރިންސެސް މާކޯ ވަނީ، ޝާހީ އާއިލާގެ މެމްބަރުންގެ ކައިވެންޏަށްފަހު އާންމުކޯށް ބާއްވާ ޝާހީ އިހުތިފާލްތައްވެސް ނުބޭއްވުމަށް ނިންމަވާފައެވެ.

އަދި، ޝާހީ އާއިލާގެ މެމްބަރަކު، ޝާހީ އާއިލާ ދޫކުރައްވާ އަންހެން މެމްބަރަކު އަމިއްލަ ދިރިއުޅުއްވުމަކަށް ވަޑައިގަންނަވާ އެ މެމްބަރެއްގެ އާ ދިރިއުޅުއްވުން ފެއްޓުމަށްޓަކާ ޖަޕާނުގެ ބަޖެޓުން ލިބޭގޮތަށް ހަޖެހިފައި އޮންނަ 1.3 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ ޕެކޭޖްވެސް ނުނެގުމަށް ޕްރިންސެސް މާކޯ ވަނީ ނިންމަވާފައެވެ.

ޕްރިންސެސް މާކޯ ހިމެނި ވަޑައިގަތީ، ޝާހީ އާއިލާ ދޫކުރައްވާ އަމިއްލަ ދިރިއުޅުވުމަށް ވަޑައިގަންނަވަމުން، ޝާހީ އިހުތިފާލްއާއި އަދި ޝާހީ އާއިލާއިން ލިބޭ ގޮތަށް އޮންނަ ފައިސާގެ ޕެކޭޖް ނުނަގާގޮތަކަށް ނިންމެވި، ފުރަތަމަ ޕްރިންސެސްއެވެ.

ކައިވެރި ބައްލަވައި ގަތުމާއެކު، ޝާހީ ގަޑުވަރު ދޫކުރައްވާ، ޖަޕާނުގެ ޓޯކިއޯގެ ހޮޓަލަކަށް މިއަދު ދިރިއުޅުއްވުން ބަދަލު ކުރެއްވި، ޕްރިންސެސް މާކޯގެ ދެކަބަލުން ދެން ދިއިރި އުޅުއްވާނީ އެމެރިކާގެ ނިއުޔޯކުގައެވެ. ޕްރިންސެސް މާކޯގެ ފިރިކަލުން ކެއި ކޮމޫރޯ މަސައްކަތް ކުރައްވަމުން ގެންދަވަނީ ނިއުޔޯކުގެ ލޯ ފާމެއްގައެވެ.

މިއަދި ކައިވެނި ބައްލަވައިގެންނެވި، ޕްރިންސެސް މާކޯއާއި ކެއި ކޮމޫރޯ އެންމެ ފުރަތަމަ ރެސްޓޯރަންޓަކުން ބައްދަލު ވެފައިވަނީ، 2012 ވަނަ އަހަރު، ދެމީހުންވެސް ޓޯކިޔޯގެ ކުރިސްޓިއަން ޔުނިވަރސިޓީގައި ކިޔަވަމުން ދަނިކޮށެވެ.

މި ދެލޯބިވެރިން 2018ވަނަ އަހަރުވެސް ކައިވެނި ބައްލަވައި ގަތުމަށް މަސައްކަތް ކޮށްފައިވެއެވެ.

އެހެންނަމަވެސް، ކެއި ކޮމޫރޯގެ މަންމަ އޭނާގެ ކުރީގެ ލޯބިވެރިޔާ އަތުން ނަގާފައިވާ 30،000 އެމެރިކާ ޑޮލަރު އަބުރާ ނުދައްކައިގެ އުފެދުނު ދެބަސްވުމުގެ ސަބަބުން މި ކައިވެނި ކުރުމުގައި ތަފާތު ގޮންޖެހުންތަކާއި ފާއިތުވެދިތަ ތަނުގައި ކުރިމަތި ވެގެން ދިޔައެވެ. ކެއި ކޮމޫރޯގެ މަންމަ ބުނެފައިވަނީ، މިއީ އޭނާގެ ކުރީގެ ލީބިވެރިޔާ ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ހަދިޔާ ކޮށްފައިވާ ފައިސާ ކަމުގައެވެ.

ޖަޕާނުގެ ޝާހީ އައިލާގެ ޕްރިންސެސް އެގައުމުގެ އާދައިގެ ކުއްޖަކާ ކައިވެނި ބައްލަވައިގަތުމަަށް ނިންމެވުމާއި ގުޅިގެން، އެގައުމުގެ ޝާހީ ޚާންދާނުގެ ވެރިކަން ނަކަލްވެގެން ދާނެ އުސޫލާ ގުޅޭގޮތުންވެސް މިހާރުވަނީ އެތައް ބަހުސެއް އުފެދިފައެވެ. ބެލެވޭ ގޮތުގައި މިހާރުގެ އެމްޕެރަރ ވަރަށް އަވަހަށް ރިޓަޔަރ ކުރައްވާނެއެވެ.

މިގޮތުން ދުނިޔޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ ޝާހީ އާއިލާގެ މެމްބަރުންގެ އަދަދު މަދުވަމުން ގޮސް، ޝާހީ ޚާއްދާނުގައި ހިމެނޭ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެންމެ 17 މެމްބަރުންނެވެ. އަދި މިހާރު އެމްޕެރަރ މަގާމުން ރިޓަޔަރ ކުރައްވައިފި ނަމަ، އެމްޕެރަރކަން ދެން ނަގުލު ވެގެންދާން ހުރީ އެންމެ ފިހިރެން މެމްބަރަކަށް ވާއިރު، އޭނާއަށްފަހު އެމްޕެރަރކަން ނަގުލުވާން ހުރީ އޭނާ ތުއްތު ދަތިފުޅު އެކަންޏެވެ.

އަދި މިއީ ސްކޫލުގައި ކިޔަވާ ކުޑަކުއްޖަކަށް ވާއިރު، ޖަޕާންގެ ޝާހީ އާއިލާގެ ޝާހީ ރަސްކަމުގެ ދަރިކޮޅު މިކުއްޖާއާއި ހަމައިން މިހާރު ވަނީ ހުއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.