ކޯވިޑްގައި އައްޑޫއިން ނިޔާވި މީހުންގެ އަދަދު 7 އަށް

ކޯވިޑްގައި އައްޑޫއިން ނިޔާވި މީހުންގެ އަދަދު 7 އަށް

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2021 09:07
0

އައްޑޫ ސިޓީގައި ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 7 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 86 އަހަރުގެ މީހަކު ރޭ 12:10 ގައި ނިޔާވެފައިވާކަމަށެވެ. މިމަރާއިއެކު ރާއްޖެއިން ކޯވިޑުގައި ނިޔާވި މީހުންގެ އަދަދު ވަނީ 241 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 149 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 39 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 85 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 25 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 87،0717 އަށް އަރާފައެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1550 އަށް އިތުރުވެފައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން، 22މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.