އދ. އޮމަދޫގައި ސްޓެލްކޯއިން ކުރަމުންދާ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގެ މަސައްކަތް ނޮވެމްބަރަށް ނިމޭނެ ކަމުގައި އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޮމަދޫ ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި، މިހާރު ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކޭބަލް ވަޅުލުމުގެ މަސައްކަތް ވަރަށް ބަރަށް ކުރިއަށްދާ ކަމުގައެވެ.
މިމަސައްކަތުގައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި 3600 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރެވޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ސްޓެލްކޯއިގެ އަމާޒަކީ އަންނަ މަހުގެ ކުރީކޮޅު މިމަސައްކަތް ނިންމާލުމެވެ.
އދ. އޮމަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި 3600 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިޔަށް ދަނީ. އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު މި މަސައްކަތް ނިންމާލެވި، އެކަމުގެ ފަސޭހަތައް އޮމަދޫ ރައްޔިތުންނަށް ލިބިގެންދާނެ.
– ސްޓެލްކޯއިން ބުނެފައިވެއެވެ.
އދ. އޮމަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި 3600 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިޔަށް ދަނީ. އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު މި މަސައްކަތް ނިންމާލެވި، އެކަމުގެ ފަސޭހަތައް އޮމަދޫ ރައްޔިތުންނަށް ލިބިގެންދާނެ. pic.twitter.com/CS18vtRsJT
— STELCO (@STELCOMALDIVES) October 25, 2021
ސްޓެލްކޯއިން ދަނީ އެކުންފުނިން ރަށްރަށުގައި ދެމުންދާ ޚިދުމަތް ރަނގަޅުކޮށް ފުޅާ ކުރަމުންނެވެ. އެގޮތުން އދ.ހަންޏާމީދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެރަށަށް އިތުރު ޖަނަރޭޓަރު ސެޓެއް ސްޓެލްކޯއިން ފޮނުވައިފައެވެ. މިޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ވޯކްޝޮޕުން އެންމެ ފުރަތަމަ އެސެމްބަލް ކުރި ސްޓެވޯ ބްރޭންޑްގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.
ސްޓެލްކޯއިން ތަޢާރަފްކޮށްފައިވާ ޖަނަރޭޓަރަކީ ރާއްޖެއަށް ބޭރުން އެތެރެކުރާ ޖަނަރޭޓަރުތަކާ އެއްފެންވަރަކަށް ސްޕެއަރތައް ރާއްޖެއަށް ގެނެސްގެން ސްޓެލްކޯގެ އިންޖިނިއަރުން އެސެމްބަލްކުރާ ޖަނަރޭޓަރުތަކެކެވެ.