ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބަލައިތުމަށް ނިންމި ނިންމުމާއި ބައިއެއް ޢިލްމުވެރިން ޚިޔާލު ތަފާތު!

ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބަލައިތުމަށް ނިންމި ނިންމުމާއި ބައިއެއް ޢިލްމުވެރިން ޚިޔާލު ތަފާތު!

ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބަލައިތުމަށް ނިންމި ނިންމުމާއި ބައިއެއް ޢިލްމުވެރިން ޚިޔާލު ތަފާތުވެއްޖެއެވެ.

ޑީއެންއޭ ހަދައިގެން ލިބޭ ހެކިތައް ޒިނޭގެ މައްސަލަތައް ސާބިތުކުރުމުގައި ބޭނުންކުރެެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އެކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާއެއް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުމެއްގެ އިސްތިއުނާފު މައްސަލައެއްގައެވެ.

މިނިންމުމައިމެދު ދީނީ އިލްމުވެރިންގެ ތެރެއިން މިކަމުގައި އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ޝައިޚު އަލީ ޒައިދުއާއި، ޑރ.އިޔަޒު ވަނީ މިނިންމުމާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ދީނީ އިލްމުވެރިޔާ ޝައިޚު ޒައިދު ވިދާޅުވީ ޤާނޫނީ ޒިނޭ ކިޔާ އެއްޗެއް ނޯންނާނެކަމަށެވެ. ޒިނޭ ސާބިތު ކުރަންޖެހޭނީ ޝަރުއުގައި އެކަނ އޮތް ގޮތަކަށް ކަމަށާއި، ތައުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔާނެކަމަށެވެ. އެއަށް ކިޔާނީ ބަދު އަޚުލާގީ މައްސަލަ ކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

"ޤާނޫނީ ޒިނޭ" ކިޔާއެއްޗެއް ނޯންނާނެ! ދީނުގެ މުޞްތަލަޙު ތަކާކުޅެ ހިތަށްއެރިމާނައެއް އެއަށްދިނުމަކީ ވަ ބޮޑު ނުބައެއް! ޒިނޭއަކީ ޝަރުޢީޒިނޭ! އެ ސާބިތުކޮށް އަދަބްދޭންވާނީ ޝަރުޢުގައި އެކަން އޮތްގޮތަށް! ތަޢުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔޭނެ! އެއަށްކިޔާނީ ބަދުއަޚްލާޤީ މައްސަލަ. މިހެން.

– ޒައިދު ވިދާޅުވިއެވެ.

މިނިންމުމާއި  ގުޅޭގޮތުން ޑރ.މުހައްމައު އިޔާޒު ވަނީ ޒިނޭ އަކީ ކޮބައިކަން ވިދާޅުވެ ދެއްވާފައެވެ. އަދި ޒިނޭ ސާބިތުބާނީ އެކަން އިސްލާމީ ހުކޫމަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމަށާއި، އެނޫން ގޮތަކަށް ހިންގޭ އަމަލުތަކާއި ކަންކަމުގައި ޒިނޭގެ ނަމެއް ނުދެވޭނެކަމަށެވެ.

ޒިނޭއަކީ ކައިވެނިން ބޭރުން ފިރިހެނެއްގެ ޒަކަރު ފާޅުވާ ހިސާބު އަންހެނެއްގެ ފަރުޖުގެ ތެރެއަށް ވެއްދުން. މިހިސާބަށް ނުދާނަމަ ނުވަތަ ދިޔަނަމަވެސް އެކަން ޝަރުއީ ހަމަތަކުން ސާބިތު ނުވާނަމަ ޒިނޭގެ ނަމެއް ނުދެވޭނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެކަމަށް ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލް ތަފާތުވި މައްސަލާގައި ރައީސް މައުމޫން އެންމެ ފުރަތަމަވެސް ތާއީދު ކުރެއްވީ ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވޭނެކަމަށެވެ. ނަމަވެސް ދީނީ އެހެން އިލްމުވެރިންނާއި ރައީސް މައުމޫނާއި މިކަމުގައި ޚިޔާލު ތަފާތު ވިއެވެ. ރައީސް މައުމޫން ވަނީ މިއަދު ސްޕްރީމް ކޯޓުން ޑީއެންއޭ ބަލައި ގަތުމަށް ނިންމި ނިންމުމަށް ތާއީދު ކުރައްވާފައެވެ. ދައުލަތުން ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާ ސާބިތުނުވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ މައްސަލާގައި ހިމެނޭ އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ އޭނާ ވިހޭ ދަރިއަކީ އެ ފިރިހެންމީހާގެ ދަރިއެއްކަމަށެވެ. އަދި އެކުއްޖާގެ ޑީއެންއޭވެސް އެ ފިރިހެންމީހާއާ ދިމާވި ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ ޑީއޭންއޭ ފަދަ ޤަރީނާތައް ބޭނުންކޮށްގެން ޒިނޭގެ ދައުވާ ސާބިތު ނުކުރެވޭނެ ކަމަށާއި އެކަން އިސްލާމީ ޝަރީއަތާ ޚިލާފުކަމަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި ވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތުކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކުށެއް ސާބިތުވުމުން ކަމަށާއި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކުން މި ފަދަ މައްސަލަތަކުގައި އެ މިންވަރަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާކަމަށެވެ. އެހެންކަމުން މި ފަދަ މައްސަލަތަކުގައި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކަށް ބަލާ އެއްވެސް ގޮތަކަށް ހައްދުގެ އަދަބެއް ނުދެވޭނެކަމަށްވެސް އެހުކުމްގައިވެއެވެ.

ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ ޑީއެންއޭ އާއި ސައިންޓިފިކް ޤަރީނާތަކަކީ އެ ޤަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ އެހެން ޤަރީނާތައް ހުރެއްޖެނަމަ ހައްދުގެ މައްސަލަތައްވެސް ތައުޒީރީ މިންގަޑަކުން ސާބިތުކުރުމަށް ފުދޭނެ ވަސީލަތްތަކެއް ކަމަށެވެ. އެހެންކަމުން ޤަރީނާތައް ބޭނުންކޮށްގެން ހައްދު ޤާއިމުކުރެވޭނެ މިންވަރަށް ކުށް ސާބިތު ނުކުރެވުނުނަމަވެސް އެ ފަދަ ހެކިތަކަށް ބިނާކޮށް ތައުޒީރީ އަދަބެއް ދެވިދާނެކަމަށެވެ. އަދި އިސްލާމީ ތާރީޚުން އުމަރުގެފާނުގެ ދައުރުގައި ހިނގާފައިވާ މި ފަދަ މައްސަލައެއް ހުކުމްގައިވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިނަމަ އެ ހެކިތަކަށް ބިނާކޮށް މިފަދަ މައްސަލަތަކުގައި އިސްލާމީ ބައެއް ޤައުމުތަކުގައި ތައުޒީރީ އަދަބު ދެމުން އަންނަކަންވެސް ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އުސްމާނުގެފާނުގެ ދައުރުގައިވެސް އެފަދައިން އަމަލުކޮށްފައިވާކަންވެސް ހުކުމުގައިވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައިވެސް މިކަން މިގޮތަށް އޮތްކަން ފާހަގަކޮށް ސުޕްރީމު ކޯޓުގެ ހުކުމުގައިވަނީ އޭގެ މަގްސަދަކީ ތައުޒީރީ އަދަބު ދިނުންކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ބާކައުންސިލް ކޮމްޕެނީ ހަދައި ރާއްޖޭގެ މަތީކޯޓަށް އިސްލާމީ ޝަރީޢަތާ ބީރައްޓެހި ކޮމަންލޯގެ ޢީސާއީ އުޞޫލުތައް ކިޔަވައިގެންތިބި މީހުން ވައްދައި އިޞްލާޙޭކިޔައި މިގަންނަސަކަރާތުގެ ކުޑަ މޮޑެލްއެއް ތިފެނުނީ. އިސްލާމީ ޝަރީޢަތާއެއްގޮތަށް ޙުކުމް ކަނޑައަޅަން ހެދި ޤާނޫނުލްޢުޤޫބާތު ފަރުމާކުރީވެސް ޢީސާއީއެއް. މިވަރުވެގެންދާއިރުވެސް ހަމަ އިޞްލާޙޭކިޔައިގެން ތިބުން އޯކޭ!

Leave a Reply

Your email address will not be published. Required fields are marked *