ގެއްލިގެން ހޯދަން އިއުލާންކުރި މީހާ ފެނިއްޖެ

ގެއްލިގެން ހޯދަން އިއުލާންކުރި މީހާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 09:18
0

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) މިއަދު ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އޭނާ ގެއްލިގެން ހޯދަމުން އަންނަނީ މިދިޔަ އޮކްޓޫބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުންކަމަށް ފުލުހުން ބުނެއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭގަނޑު 22:45 ގައިކަމަށްވެސް ފުލުހުން ބުނެއެވެ. އޭނާ ވަނީ މިއަދު ހެނދުނު 8:45 ހާއިރު ގެއަށް ގޮސްފައިކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވަނީ ފޮޓޮއާއެކު އޭނާ ހޯދުމަށް ޢާންމުންގެ އެހީއަށް ރޭ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.