ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން އެމަނިކުފަނުގެ އިސްތިއުފާއަށް ގޮވި ޕީޕީއެމްގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އެނާގެ ގޭގައި ރައީސްގެ އިސްތިއުފާ ދިނުމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށް ލިޔެ ބެނާއެއް ދަމައި، ގޭގައި ހުރެ އިސްތިއުފާއަށް ގޮވައި ހެދުމުންނެވެ. އޭނާ ގެންދިއުމަށް ފަހު ފުލުހުން ބުނެފައިވަނީ ފެލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ ނޭޝަނަލް ސެކިއުރިޓީއަށް ތްރެޓެއް އޮތުމުން ކަމަށެވެ.
އޭނާ ހައްޔަރުކުރުމުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅުން ވަނީ ބަޔާނެއް ނެރެފައެވެ. ޕީޕީއެމްއިން ބުނެފައިވަނީ މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ސާލިހު ކުޅުދުއްފުށީ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ވަގުތު އޭނާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، އިބްރާހީމް މުހައްމަދު އިސްތިއުފާ ދިނުމަށާއި އަދި އިންޑިއާ މިލިޓަރީ ބޭރުކުރުމަށް ގޮވާލާފައިވާ ބެނަރއެއް ހުރެގެން ކަމުގައެވެ. ފުލުހުން އެގެއަށް ވަދެ އޭނާ ހައްޔަރު ކޮށްފައިވަނީ ވަރަށް އަނިޔާވެރިކަމާއެކުގައިކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރަކާވެސް ނުލައިކަމަށް ޕީޕީއެމްއިން ބުނެއެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުޙައްޤުން މިސަރުކާރުން ދެމުންދާ އަނިޔާތަކާ ދެކޮޅަށް ދިވެހި ރައްޔިތުން މިއަދު އަޑު އުފުލަމުންދާއިރު ނުފޫޒާ ގަދަބާރު ދައްކައިގެން މިސަރުކާރުން ހިންގަމުންދާ މިފަދަ ޚުދުމުޚުތާރު ޢަމަލުތަކަކީ ފެއިލްވެފައިވާ ނާގާބިލް ސަރުކާރެއްގެ ސިފަތަކެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ