އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ބޭއްވި ބޮޑު ހިނގާލުން ސުލްހަވެރި ކަމާއިއެކު ނިންމާލައިފިއެވެ.
މިހިނގާލުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ބޭއްވި ހިނގާލުމެކެވެ. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ މި ހިނގާލުމުގައި އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާފައެވެ.
ފުލުހުންގެ ހުއްދައާއި އެކު "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ކުރިއަށްދިޔަ މިހިނގާލުމުގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ބައިވެރިވެފައިވެއެވެ.
ހިނގާލުން ނިންމާލާފައިވަނީ ޚާއްސަ ދުޢާއަކުންނެވެ. މިދުޢާ އިސްވެ ވިދާޅުވީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލި ސައީދުއެވެ. މިހިނާލުމަކީ އެކޯލުޝަނުން ބުނެފައިވާ ގޮތުން ރާއްޖޭގައި ތިބި އަސްކަރީ ސިފައިން ބޭލުމަށް ގޮވާލައި ފެށި ފުރަތަމަ ހަރަކާތެވެ. ކުރިއަށް އޮތް ތަނުގައި ވަރަށް ވަރުގަދަ ހަރަކާތްތަކެއް އިންޑިއާ ސިފައިން ބޭލުމާއި ދެކޮޅަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ އަދި އެމީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށްވެސް ބުނެއެވެ.
ކޮމެންޓު ފޮނުވާ