ގިނަ އަަދެއްގެ ބަޔަކާއިއެކު އިނދިކޮޅު ކޯލިޝަނުން މިނިވަން ކަމުގެ ހިނގާލުން ފަށައިފިއެވެ.
ހިނގާލުން ފަށާފައިވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. ހިގާލުމުގައި ޕީޕީއެމްގެ ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެފައިވެއވެެ. ހިނގާލުމުގައި ބައިވެރިވާ ބޭފުޅުން ތިބީ މި ހިނގާލުމަށް ޚާއްސަ ޓީޝާޓެއް ލައިގެންނެވެ.
ހިނގާލުމުގެ ބައިވެރިންގެ އަތުގައި ޤައުމީ ދިދައާއި، ތަފާތު އެކު ޝުއޫރުތައް ލިޔެފައިވާ ބެނާތައްވެސް ހިފައިގެންނެވެ. ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ސުލްހަވެރި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ބޭއްވޭ މުހިންމު ހިނގާލުމެއްކަމަށެވެ. މިސަރުކާރުން ވެރިކަމާއި ހަވަލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައްކަމެއް ކޮށްފައިވާއިރު، މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިންޑިއާގެ އަސްކަރިއްޔާ ދިވެހި ބިމުގައި ޤާއިމުވެގެން ތިބުމާއި ދެކޮޅަށް ކުރިޔަށްދާ ހިނގާލުމުގެ ތެރެއިން#DefendMaldives#FreePresidentYameen pic.twitter.com/XnXQH8ptN5
— Progressive Party of Maldives (@ProgressPartyMV) October 22, 2021
މިހިނާލުން ކުރިއަށްދަނީ ބޮޑު ތަކުރުފާނު މަގުންނެވެ.
ކޮމެންޓު ފޮނުވާ