ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހ.ދޮންޖޭމުގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް މިއަދު މެދުރު 13:27ގައި ހިނގައިގެން ރިޕޯޓް ލިބިފައިވާކަމަށެވެ. މިހާދިސާގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އުމަރު ނަސީރުގެ ގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ގޭގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
ކޮމެންޓު ފޮނުވާ