ކޯވިޑަށް ފަރުވާދެމުންދިޔަ 44 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ 44 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 10:39
0

ކޯވިޑަށް ފަރުވާ ދެމުންދިޔަ 44 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ހުޅުމާލޭ ކޯވިޑް ފެސިލީގައި ފަރުވާދެމުންދިޔަ މިމީހާ ނިޔާ ވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިމަރާއެކު ރާއްޖޭގައި ކޯވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 240 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 223 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ. ކޯވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން މިހާރު ކޯވިޑަށް ފަރުވާ ދޭމީހުންނަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.