ތިން މަހުގެ ރިއުމާން މަރުގެ ފުރިހަމަ ތަހުގީގެއްކުރުމަށް ސަނީފް ގޮވާލައިފި

ތިން މަހުގެ ރިއުމާން މަރުގެ ފުރިހަމަ ތަހުގީގެއްކުރުމަށް ސަނީފް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2021 10:26
0

ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ ރިއުމާންގެ މަރުގެ ފުރިހަމަ ތަހުގީގް ކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ތުއްތު ރިއުމާން ނިޔާވެފައިވަނީ ހޮސްޕިޓަލުގެ 100 ޕަސެންޓް އިހުމާލުންކަމަށް ކުއްޖާގެ ބައްޕަ އިއްޔެ ވަނީ ބުނެފައެވެ. ހޮސްޕިޓަލުގެ ބޮޑެތި އިހުމާލުވުން ހުރިކަމަށް އާއިލާއިން ތުހުމަތު ކުރަމުންދާއިރު، މެމްބަރު ސަނީފްވެސް ވަނީ މިކަން އަވަހަށް ތަހުގީގް ކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ތިނަދޫގައި މިމަހުގެ 18 ގައި 3 މަހުގެ ތުއްތު ރިއުމާން ނިޔާވި ހާދިސާ ފުރިހަމައަށް ތަހުގީގްކޮށް އިހުމާލުވު ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަން. ތުއްތު ފުރާނައަށް ސުވަރުގެ ދެއްވައި ރަހުމަތް ލައްވާޝި. އާއިލާއަށް ކެތްތެރިކަން ދެއްވާށި.

– ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ޞިއްޚީ ޚިދުމަތްތެރިންނަކީ ވަރަށް ފަރުވާ ތެރިކަމާއިއެކު މަސައްކަތް ކުރައްވަންޖެހޭ ވަރަށް ޒިންމާދާރު ބައެއްކަމަށެވެ. ވެވޭ ހަމަ ކުޑަ ކުޑަ އިހުމާލަކުންވެސް މީހެއްގެ ފުރާނަގޮސް ނުހަނު ބޮޑު ހިތާމައެއް ލިބިމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން ޞިއްޚީ ވުޒާރާއިން މިކަމަށް ވިސްނައި، ޞިއްޚީ ދާއިރާގައި މިފަދަ އިހުމާލުވުން ކުޑަކުރަން މަސައްކަތް ކުރަންޖެހޭކަމަށް ސަނީފް ވިދާޅުވިއެވެ.

މިކަން އިންސާފުވެރިކޮށް، ބައްލަވާ. މިފަދަ އެހެން ހިތާމަވެރި ކަމެއް ދިމާނުވުން އަޅުގަނޑު އެދެނީ، ޞީއްޚި ޚިދުމަތް ދޭތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ފުށުން ވެވޭ އިހުމާލަކީ އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ދިއުމަށް މެދުވެރިވާނެ ސަބަބެއް.

– ސަނީފް ވިދާޅުވިއެވެ.

ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ މައްސަލައިގައި އިހުމާލުވި ކަމަށް ބުނާ ޑޮކްޓަރު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އެކުއްޖާގެ ބައްޕަ ބައްޕަ ހަމީދު އުމަރުގެ ފޭސްބުކް ސްޓޭޓަސްގައި މިއަދު ވަނީ ކުއްޖާގެ މަރާއި ގުޅޭގޮތުން ލެޔެފައެވެ. އޭނާ ބުނީ މާ ބޮޑަށް "ލޫސް ސްޓޫލް" ވާތީ އިމަޖެންސީކޮށް އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރު ހޮސްޕިޓަލަށް ގުޅި ކަމަށެވެ. އެހެން ނަމަވެސް ފަސް މިނެޓު ވީއިރު ވެސް އެމްބިއުލާންސްގެ ޚަބަރެއް ނުވުމުން، އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދާނެކަމަށް ބުނުމުން، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ބަޔަކަށް ވުމުން ކުއްޖާ ގެންދަން ޖެހޭނީ ކޯވިޑް ފެސިލިޓީ އަށް ކަމަށް ހޮސްޕިޓަލުން އެންގި ކަމަށެވެ.

ނަމަވެސް ކޯވިޑުން ރަނގަޅުވިތާ އޭރު 16-18 ދުވަސް ވެފައިވާ ކަމަށް ހަމީދުގެ ބުނެފައިވެއެވެ. އޭނާ ބުނީ ކުއްޖާ ޑޮކްޓަރަށް ދައްކަން ދާން އެދުމުން ހޮސްޕިޓަލަށް ވައްދަން ދެކޮޅު ހަދައި، ކުޑަކުދިންގެ ޑޮކްޓަރު އަންނާނީ ހެނދުކަމަށް ހޮސްޕިޓަލުން ބުނިކަމަށެވެ.

ނަމަވެސް ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވީ ހުއްޓާ ނުލައި ގުޅާތާ ދެ ގަޑިިއިރު ފަހުން ހެނދުނު 6:15 ގައިކަމަށެވެ. އެ އަށް ފަހު، ކޮވިޑް ފެސިލިޓީ އަށް ގެންގޮސް އެއްވެސް ފަރުވާއެއް ނުދީ ވެސް ދޮޅު ގަޑިއިރު ބޭއްވި ކަމަށް ހަމީދު ތުހުމަތުކުރެއެވެ. އޭނާ ބުނިގޮތުގައި، ހެނދުނު 7:40 ވީއިރު ކުއްޖާ ނޭވާ ނުލައި، ހަރަކާތް ހުއްޓުނުކަމަށެވެ. އޭގެ ތިން މިނެޓު ފަހުން ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް ވަރަށް އިމަޖެންސީ ވެލާފައި ދިޔައިރު މާ ލަސްވެފައިވާ ކަމަށް ހަމީދު ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.