މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންއަންނަ އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުންދޭތީ ކުއްލި މައްސަލައެއްގެ ގޮތުގައ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މިމައްސަލަ ވަނީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. މި ކުއްލި މައްސަލަ ހުށައަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްއެވެ.
ޢާޒިމް ހުށައެޅުއްވި މައްސަލާގައި ވަނީ ޓެކްސީ ޑްރައިވަރު އައިމިނަތު ވަޙީދާއަށް އެކިފަހަރު މަތިން ފުރައްސާރަކޮށް، އޭނާގެ ކާރަށް އެތައްފަހަރަކު ގެއްލުންދީފައިވާކަމަށާއި، އެއީ ދަށު ދަރަޖައިގެ ޢަމަލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާ ޢާމްދަނީ ހޯދުމަށް ހުރަސްއެޅި ބޮޑެތި ގެއްލުންތަކާ ކުރިމަލާން ޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން އޮތްކަމަށްވެސް އެމައްސަލާގައި ބުނެފައިވެއެވެ. މިއީ އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެފަދަ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލައެއްކަމަށްވެސް އެމައްސަލާގައި ބަޔާންކޮށްފައިވެއެވެ.

މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތ ވަޙީދާގެ ކާރަށް އެތައް ފަހަރަކު ވަނީ ގެއްލުންދީފައެވެ. އޭނާ ވަނ މިހާތަނަށް ފަސް ފަހަރެއްގެ މަތިން ކާރަށް ގެއްލުންދީފައިވާކަމަށް ބުނެފައެވެ. އައިމިނަތު ވަޙީދާގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތަކާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ