އަންގާރަ ދުވަހު ހެނދުނުގެ މީހުން އެންމެ ކާރޫބާރޫ ބޮޑު ވަގުތުގައި، ސީރިއާ ސިފައިން ދަތުރު ކުރަމުންދިޔަ ބަހެއް، އެގައުމުގެ ވެރިރަށް ދަމަސްކަސްގެ މެދުތެރޭގައި އޮންނަ ބުރިޖެއްގެ މަތިން ދަތުރުކުރަމުންދަނިކޮށް ސިފައިން ދަތުރު ކުރަމުންދިޔަ މިބަހަށް އަމާޒުކޮށް ބޮމެއް ގޮއްވާލުމުގެ ސަބަބުން ބަހުން ދަތުރުކުރި ސީރިއާ ސިފައިންގެ 13 މީހަކު މަރުވެއްޖެކަމަށް އެގައުމުގެ ގައުމީ ޓީވީން ރިޕޯޓު ކޮށްފިއެވެ. އަދި އިތުރު 3 މީހަކުވަނީ މިހަމާގެ ސަބަބުން ޒަޚަމް ވެފައެވެ.
ސީރިއާ ގައުމީ ޓީވީގެ ޓެލެގްރާމް އެކައުންޓުގައިވަނީ، އަދާ ހުލިވެފައިވާ މިބަހުގެ ފޮޓޯތައް ޝާއިއު ކޮށްފައެވެ. އަދި މި މީހުން ސަލާމަތްކުރާ ފަރާތްތަކުން، ބަހުގެ ތެރެއިން އަދާފައިވާ މީހުންގެ ހަށިތައް ބޭރު ކުރާ މަންޒަރުތައްވެސް ވަނީ ފެނިފައެވެ.
ސީރިއާގެ ގައުމީ ޓީވީން ބުނެފައިވާ ގޮތުގައި މިބަސް ހާފިޒް އަލް އަސަދު ބްރިޖްމަތިން ދަތުރު ކުރަމުން ދަނިކޮށް، ބަހަށް އަމާޒުކޮށް ދެ ޑިވައިސްއެއް ގޮއްވާލާފައިވާ ކަމަށެވެ. އަދި ތިންވަނަ ޑިވައިސް އަސްކަރިއްޔާގެ އިންޖިނިއަރުން ނުގޮވާގޮތަށް ހަދާފައިވާކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.
ސީރިއާގެ އޮފިޝަލުންވަނީ މިއީ ޓެރަރިސްޓް ހަމަކާއެއްކަމަށް ބުނެފައެވެ.
ސީރިއާގެެ އިރުމަތީގައި ހަރަކާތްތެރި ވަމުންދާ އައިސިސްގެ ހަގުރާމަވެރިންވަނީ ފާއިތުވެދިޔަ ތަނުގައި އަސްކަރިއްޔާގެ އުޅަދުތަކަށް އަމާޒުކޮށް ތަފާތު އެތައް ހަމަކާތަކެއް ދީފައެވެ.
ޔޫއެންއިން ބުނެފައިވަނީ، ފާއިތުވި 10 އަހަރު ދުވަސްވަންދެން ކުރިޔަށްދާ ސީރިއާގެ އަހުލީ ހަގުރާމާގައި މިތާނަށް 35،000 މީހުން މަރުވެފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ