ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އއ. އަތޮޅުގެ 4 ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖާމް މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، އއ. އަތޮޅަށް މާދަމާ ފަށްޓަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ވަޑައިގެން، އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތައް ބައްލަވައިލައްވާ، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih އއ. އަތޮޅަށް މާދަމާ ފަށްޓަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ވަޑައިގެން، އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތައް ބައްލަވައިލައްވާ، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެ. pic.twitter.com/3mrHYpOr9u
— Mabrook Azeez (@MvSpokesperson) October 19, 2021
ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އަތޮޅު ތެރޭގެ ރަށްތަކުގައި ހިންގާ މަޝްރޫއުތަކާއި އަދި ރަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްވެސް ދަތުރުތައް ކުރައްވަމުންނެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހު ރައީސް ޞާލިހު ވަނީ ތ.ކަނޑޫދޫއަށް ވަޑައިގެންފައެވެ.
މިދިޔަ މަހު އެމަނިކުފާނު ވަނީ ވަނީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފައެވެ
ކޮމެންޓު ފޮނުވާ