ކާށިދޫ ކަނޑަށް މީހަކު ގެއްލިއްޖެ

ކާށިދޫ ކަނޑަށް މީހަކު ގެއްލިއްޖެ

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2021 12:18
0

ކާށިދޫ ކަނޑަށް މީހަކު ގެއްލިއްޖެއެވެ.

ފުލުހުން ބުނީ އެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 11 ޖެހިއިރު ކަމަށެވެ.

ފުލުހުން ދެންމެ ބުނީ މާލެއިން ބ.އަތޮޅަށް ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިފައިވާ ކަމަށެވެ. ގެއްލިފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. މިމީހާ ގެއްލިފައިވަނީ ކާސިދޫ އާއި 6 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ޒުވާނާ ލައިގެން ހުރީ ކަލު ކުލައިގެ ޓީޝާޓަކާއި، އަޅި ކުލައިގެ ޓްރެކް ޝޫޓެކެވެ. އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.