ސަފާރީއެއްގެ އިންޖީން ރޫމުގައި އަލިފާންރޯވެ، ސިފައިން ހަރަކާތްތެރިވަނީ

ސަފާރީއެއްގެ އިންޖީން ރޫމުގައި އަލިފާންރޯވެ، ސިފައިން ހަރަކާތްތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 09:09
0

ސަފާރީއެއްގެ އިންޖީން ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ކ.މާފުށި ކައިރީގައި އޮތް ސަފާރިއެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ފަޔަރ މަނުންނާއިއެކު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔަރ ލާންޗް ފަޔަރމަނުންނާއެކު ހަރަކާތްތެރިވަމުންދާކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިރޭ 20:31 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް، އަދި ރޯވެފައިވަނީ ކިހާ ވަރަކަށް ކަމެއް އަދި ނޭގެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިހާރު އަލިފާން ނިނއްވާލާފައިވާކަމަށާއި، އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުން ވެފައި ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.