މާތް ރަސޫލާގެ އީދު މީލާދުގެ ތަހުނިޔާ ރައީސް މައުމޫން ފޮނުވައިފި

މާތް ރަސޫލާގެ އީދު މީލާދުގެ ތަހުނިޔާ ރައީސް މައުމޫން ފޮނުވައިފި

ކީރިތި ރަސޫލު މުޙައްމަދު (ޞ.ޢ.ޥ) ދުނިޔޭގެ އަލިކަން ދެކެވަޑައިގެންވި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ފޮނުވައިފިއެވެ.

މާތް ނަބިއްޔާގެ އީދު މީލާތުގެ މުނާސަބަތުގައި ރައީސް މައުމޫން ފޮނުވި މެސެޖުގައި ވިދާޅުވީ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އުފާވެރި މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކް ބާދު ފޮނުވާކަމަށެވެ.

ކީރިތި މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކިވަޑައިގަތް ދުވަހުގެ މަތިވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ އެންމެހައި މުސްލިމުންނަށާއި ލޮބުވެތި ދިވެހި ރައްޔިތުންނަށް ފޮނުވަން.

– ރައީސް މައުމޫން ވިދާޅުވިއެވެ.

މާތް ރަސޫލާ ދުނިޔޭގައި އުޅުއްވީ މީގެ ސާދަސަތޭހަ އަހަރު ކުރިންނެވެ. އިންސާނިއްޔަތަށް ނިޢުމަތެއްގެ ގޮތުގައި މާތް ﷲ ދުނިޔެއަށް ފޮނުއްވި މުޙައްމަދުގެ ފާނު، އެކަލޭގެފާނާ މާތް ﷲ ޙަވާލުކުރެއްވި ރަސޫލުކަން ފުރިހަމަ ކުރައްވައި، އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާގެ ގޮތުގައި މީސްތަކުން އިސްލާމް ދީން ފުރިހަމަކޮށްދެއްވައި ދުނިޔެ ދޫކުރެއްވީއްސުރެ މުސްލިމުން އަންނަނީ އެކަލޭގެފާނުގެ ޢީދުމީލާދު ފާހަގަކުރަމުންނެވެ.

ކޮންމެ އަހަރަކު ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކޮށް، އެކަލޭގެފާނުގެ ހަނދާންތައް އައުކުރާއިރު، ލޮބުވެތި ރަސޫލާގެ އިންސާނީ ވަންތަކަމާއި އަޚްލާޤީ މަތިވެރިކަން ފާހަގަކުރަންޖެހެއެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ރަނގަޅުކުރަންޖެހޭ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ނަމޫނާ އިންސާނާއަށެވެ. އެކަލޭގެފާނު، އަހްލުންނާއި، އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާއެކު އެމީހުންގެ ބުރަތަކާއި ދަތިތައް ތަޙައްމުލުކުރެއްވުމުގައި އެއްބާރުލުން ދެއްވިއެވެ. އެކަލޭގެފާނުންގެ ގާތްތިމާގެ ބޭފުޅުންނާއެކު މުޞީބާތްތަކުގައި ހަމްދަރްދީވެ ވަޑައިގެންނެވިއެވެ.

އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެ ވަޑައިގެންނެވިއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުއްވެވި. މެހެމާނުންނަށް ކަމޭ ހިއްތެވިއެވެ. އިޚްވާނުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތްތެވިއެވެ. ޣައިރު މުސްލިމުންނާ އެކުގައިވެސް ރިވެތި ގޮތުގައި މުޢާމަލާތު ކުރެއްވިއެވެ. ހުރިހާ ވަގުތެއްގައިވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ. ތެދުބަސް ވިދާޅުވެ، އަމާނަތްތައް އަދާކުރެއްވި، ނިކަމެތީންނަށް އަޅައިލެއްވި ބޭކަލަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *