އިދިކޮޅުން "މިނިވަން ކަމުގެ ހިނގާލުން" ހުކުރު ދުވަހު ބާއްވަނީ

އިދިކޮޅުން "މިނިވަން ކަމުގެ ހިނގާލުން" ހުކުރު ދުވަހު ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 04:43
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "މިނިވަން ކަމުގެ ހިނލުން" ނަމުގައި ޚާއްސަ ހިނގާލުމެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ސުލްހަވެރި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ބޭއްވޭ މުހިންމު ހިނގާލުމެއްކަމަށެވެ. މިސަރުކާރުން ވެރިކަމާއި ހަވަލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައްކަމެއް ކޮށްފައިވާއިރު، މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިވަން ޖައްވަކަށް ނޭވާ ނުލެވޭ ހިސާބަކަށް މިވެރިކަން އައިފަހުން ވަނީ ކަންކަން ގޮސްފަ. މިއަދު އަނެއްކާވެސް މިފެންނަނީ ދިވެހި ރައްޔިތުންގެ މައި ދޮރޯށި ހޯދުމަށް ދިވެހިން ކުރި މަސައްކަތް އަލުން ކުރަންޖެހިފައިވާ ތަން. މިއަދު އަނެއްކާވެސް ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ މަސައްކަތް ކުރާކަމުގެ އަޑުތައް އިވެމުންދަނީ. މިސަބަބުތަކަށްޓަކައި ދިވެހިން ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ނިކުންނަންވީ.

– ޝިޔާމް ވިދާޅުވިއެވެ.

ހިނގާލުން ބާއްވާނީ ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށާއި، މިއީ ސުލްހަވެރިކަމާއިއކު ބޭއްވޭ ހިނގާލުމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިހިނގާލުން ފަށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. އިދިކޮޅު ކޯލިޝަނުން ގެންދަނީ ސަރުކާރުން ހިންގާ ތަފާތުއެކިއެކި ކަންކަމާއި ގުޅިގެން އެކަންކަން ރައްޔިތުންނަށް ސާފު ކޮށްދިނުމަށް އިވެންޓުތައް ބާއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރުފިޔަަގޯނި ް ހިފަގެން ހިގާލަދީބަލަ