އަމީނީ މަގު ޢިމާރާތެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

އަމީނީ މަގު ޢިމާރާތެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 12:46
0

އަމީނީ މަގު ރެހެންދި ފްލެޓް ކައިރީ ހުރި އިމާރާތުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފިއެވެ.

މިއަދު މެންދުރު 12 ޖަހާކަން ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ރޯވިތާ މާގިނަ އިރުތަކެއްނުވަނީސް އެވެ. އަލިފާން ރޯވީ އިމާރާތުގެ 4 ވަނަ ފަންގި ފިލާގައެވެ. މި އިއީ ސީގަލް ބިދޭސީން ނިދަން ބޭނުން ކުރާ ފްލޯއެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަލިފާން ރީވީ އެ ފްލޯގެ އޭސީތަކެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެސަރަހައްދުގައި އަލިފާން ރޯވުމުން ވަރަށް ބޮޑަށް ދުމުގެ އަސަރު ހުރުމުން އެސަރަހައްދަށް އާންމުން ނުދިއުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވާފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރާކަމަށެވެ.

ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.