އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއެކު ވެވުނު އެއްބަސްވުން އުވާލުމަށްފަހު އެކުންފުންޏަށް ދިވެހި ދައުލަތުންވަނީ ބޮޑު ބަދަލެއް ދީފަ

ޖީއެމްއާރު ބޭރުކުރެވުނުކަމީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް: ސައީދު

ޖީއެމްއާރު ބޭރުކުރެވުނުކަމީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް: ސައީދު

ގުޅުންހުރި

އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލައި، ދިވެހިންނަށް ދިވެހިންގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ލިބުމަކީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބައެއް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ރޭ ވިދާޅުވެފައެވެ. އިޤްތިޞާދީ ގޮތުން އަމީރު ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ މިއަދު އޮތް ސަރުކާރުގެ ހާލަތާއިމެދު ނުހަނު ކަންބޮޑުވާކަމަށެވެ.

މިއަދު ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އަންނަމުންދަނީ އިޤްތިޞާދީ ވިސްނުން ކޮށި މީހުން ސަރުކާރުގެ އިޤްތިޞާދީ މަޤާމުތަކަށް ލައިގެން އުޅުންކަމަށެވެ. މިއަދުވެސް ރާއްޖޭގެ އިޤްތިޞާދު އަލުން އިޔާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެއާޕޯޓަށް ގެނެސް ދެއްވަން ފެއްޓިވި ތަރައްޤީ ނިންމަވައި އެތައްތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފެށުންކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސަރުކާރުގެ ހާލަތާއިމެދު ކަންބޮޑުވޭ. ހަގީގަތުގައި ރާއްޖޭގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު ހުރަހަކީ ތިފަދަ ކޮށި ވިސްނުން. ޖީއެމްއާރު ބޭރުކުރެވުނުކަމީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް. ވާހަކަ މަދު ކުރައްވާ، އެއާޕޯޓްގައި ނިމިފައިވާ ތަންތަން އޮޕަރޭޝަނަށް ގެނެސް ދެއްވާ!

– ސައީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓްވިޓަރގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި.

– އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއު އޮންނާނީ ނިމިފައިކަމަށެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔަ އިރުވެސް އެމަސައްކަތް ދަނީ އަދިވެސް ކުރަމުންކަން އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައިފމ، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެންދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއްކަމާއި އަދި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކުކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީމްއެއާރުއާއެކު ވެފައިވާ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބަދަލުގެ ގޮތުގައި ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ