ދުނިޔޭގެ ޖޫނިއާ ޓީޓީ މުބާރާތަށް ކޮލިފައިވެ، ދީމާ ރާއްޖެ ފަޚުރުވެރިކޮށްދީފި

ދުނިޔޭގެ ޖޫނިއާ ޓީޓީ މުބާރާތަށް ކޮލިފައިވެ، ދީމާ ރާއްޖެ ފަޚުރުވެރިކޮށްދީފި

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2021 07:38
0

ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވެ ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ.

އުމުރުން 13 އަހަރުގެ ދީމާ އަކީ ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

 އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ކެޓަގަރީގެ ކުއާޓަރ ފައިނަލުން ދިމާ ފުރުސަތު ހޯދީ އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ އާއި ޕާކިސްތާންގެ ހޫރު ފަވާދު ބަލިކޮށްގެންނެވެ. ރޫހުގެ މައްޗަށް ދިމާ ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 11-08 އަދި 11-04އިންނެވެ. ދެވަނަ މެޗްގައި ދީމާ ދިޔޯރާގެ މައްޗަށް ކުރި ހޯދީ 2 ސެޓް 1 ސެޓުންނެވެ. އެއީ 12-10، 11-08 އަދި 11-05 އިންނެވެ.

މި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ދީމާ އަށް މަރުހަބާ ކިޔައިފައެވެ. ރައީސް ވިދާޅުވީ ރާއްޖެ ފަހުރުވެރިވާ ކާމިޔާބެއް ދީމާ ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު މަހު 2 އިން 8 އަށް ޕޯޗުގަލްގައެވެ.

ކުއާޓާ ފައިނަލުގައި ދީމާ ވާދަކުރާނީ ގަދަ 16 ކުޅުންތެރިންގެ ބުރުގައި އީރާންގެ ޔެކްތާ އަބީދިއާން އާއި އުޒްބެކިސްތާންގެ އާސެލް އަރެކްބައޭވާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މުބާރާތުގެ ވާދަކުރާ އެތުލީޓުންގެ ތެރެއިން 15 އަހަރުން ދަށުގެ ރޭންކް ކެޓަގަރީ އަށް ބަލާއިރު ދީމާ އޮތީ ދެ ވަނައިގައެވެ. ދީމާ ވަނީ މިހާތަނަ އައިޓީޓީއެފްގެ ރޭންކިންގައި 280 ރޭންކް ޕޮއިންޓް ހޯދާފައެވެ. ދުނިޔޭގެ ރޭންކިންގެ މި ވަގުތުގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު ދީމާ އޮތީ 15 އަހަރުން ދަށުގެ ރޭންކިން ތާވަލުގެ 20 ވަނައިގައެވެ.

ދިމާއަކީ ރާއްޖެއަށް މިހާތަނަށް އެއް މުބާރާތެއްގައި އައިއޯއައިޖީއިން 3 ރަން މެޑަލް ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.