މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސް ދުވަހެއް، ސަމާލުވޭ!

މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސް ދުވަހެއް، ސަމާލުވޭ!

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2021 09:59
0

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ފުރަތަމަ ނެރެފައިވަނީ ހުކުރު ދުވަހުގެ ރޭ މެންދަމު 12:30ން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނު 8:30 އާ ހަމައަށެވެ. ނަމަވެސް މިހާރު ހޮނިހިރު ދުވަހުގެ ހަވީރު 4:30ށް ވަނީ ވަގުތު އިތުރުކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު ރާއްޖޭގެ ކަނޑުތައް ވެސް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ. ދިޔަވަރު ބޮޑުވާ ވަގުތު އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

މެންދުރުފަހުން، ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެ އަށް ވިއްސާރަ ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.