ޢަރަބިއްޔާ ސްކޫލް ޢިމާރާތުގައި ރެނދު، ބެލެނިވެރިންގެ ކަންބޮޑުވުން!

ޢަރަބިއްޔާ ސްކޫލް ޢިމާރާތުގައި ރެނދު، ބެލެނިވެރިންގެ ކަންބޮޑުވުން!

Author
މުޙައްމަދު ޖިމީ
14 އޮކްޓޯބަރ 2021 03:26
0

އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ޢިމާރާތުން ބައެއް ތަންތަންކޮޅު ވެއްޓެމުންދާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުލާފައި ހުރި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ބައެއް ބެލެނިވެރިން ވަނީ، ކުއްޖަކަށް ގެއްލުމެއް ވުމުގެ ކުރިން ފިޔަވަޅު އެޅުމަށް އެދިފައެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޢަރަބިއްޔާ ސްކޫލް ޢިމާރާތުގައި ރެނދުލާފައި ހުރުމުގެ ސަބަބުން އެ ސްކޫލް ޢިމަރާތުގެ އެސެސްމަންޓެއް ދެފަހަރަކު ހަދާފައިވާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޢިމަރާތުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މީގެ ކުރިންވެސް ހާމަކޮށްފައެވެ.

2013 ވަނަ އަހަރު ހުޅުވި ޢިމާރާތުގައި ޢަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނައިރު، މީގެ ކުރިން އެ ސްކޫލް އިންގީ ކުރީގެ އީޕީއެސް ސްކޫލް ހުންނަ ޢިމާރާތުގައެވެ. އަދި ޓާޓާ ފްލެޓް ހުންނަ ތަނުގައިވެސް ޢަރަބިއްޔާ ސްކޫލް ކުރިން ހިންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢައިސް
ނުފޫޒުގަދަ ބޮޑެތިމީހުންގެ ދަރިން ނޫޅޭތީތޯ މިސްކޫލުގެ ކަންތައްތައް މިހާވަރުވާއިރުވެސް އަޅާނުލެވެނީ.....