މިއަދު މާލޭގައި މަންމައާއިކު އޭނާގެ ދަރިފުޅު ސްކޫލަށް ކާރުގައި ގެންދިއުމަށްފަހު، ކާރު މަގުގެ އެއްފަރާތުގައި ޕާކުކޮށްލާފައި ދަރިފުޅު ސްކޫލަށް ވައްދާފައި އާއިރު ކާރު ޓޯކޮށްފިއެވެ.
މިކަމުގެ ކަންބޮޑުވުން އާއިލާއިން ފާޅު ކޮށްފައިވާއިރު، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވަނީ ސަރުކާރުގެ ސަމާލުކަން މިކަން ގެނެސްފައެވެ. ދަރިފުޅު ސްކޫލަށް ވަތްކަން ޔަގީން ކުރުމަށްފަހު ކާރަށް އަރަން ބެލިއިރު ކާރު ޓޯކޮށް ލާރި ހޯދައިގެން ދައުލަތް ހިންގުމަކީ ލަދުވެތި ވާންޖެހޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. މިގޮތަށް އާމްދަނީ ހޯދައިގެން ދައުލަތް ހިންގާނަމަ މިއީ ވަރަށް ރަނގަޅު ގޮތެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނޫން ގޮތެއް އަޅެ މި ސަރުކާރަށް ނެތީތޯ ދައުލަތެއް އާމްދަނީ ހޯދަން. ދަރިފުޅު ސްކޫލަށް ވަތްކަން މަންމަ ޔަގީންކޮށްކަން 2 މިނިޓަށް ކާރު އެއްފަރާތެއްގައި ޕާކް ކޮށްލާފައި ދިޔައިރަށް މިނެގަނީ އެ މަންމަ ކުރިމަތީ. މިދެން ތަންކޮޅެއް ބޮޑުވަރު.
– ޝިޔާމް ވިދާޅުވިއެވެ.
Minoon gotheh alhe mi sarukaarah netheetho dhaulathah aamdhanee hoadhan. Dharifulhu school ethereyah vainkan mamma yageenkollan 2 minute ah car effaraathugai park kollaafa dhiya irakah mi naganee e mamma kurimathee. Midhen thankolheh boduvaru @ibusolih pic.twitter.com/U6Y1Lr3ify
— Ahmed Shiyam (@Shiyamaldives) October 14, 2021
މާލޭގައި ދުއްވާ އުޅަދުތަކުގައި އެއްވެސް އުސޫލެއްނެތި ސްޓިކާ ޖަހައި ދައުލަތަށް އާމްދަނީ ހޯދާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިތުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ދައުލަތަށް ލިބޭ އާމްދަނީ ހޯދުމަށް މިގޮތަށް ފައިސާ ހޯދަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މިގޮތަށް އާންމު ރައްޔިތުން ދުއްވާ އުޅަދުތައް ޓޯ ކުރަމުންދާއިރު، ގަވާއިދާއި ޚިލާފަށް ޕާކުކޮށްފައިވާ ދައުލަތުގެ ބައެއް އުޅަދުތަކާއި، ބައެއް ވެހިކަލްތައް ޓޯ ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ