ދުވާލެއްގެ ހަކަތައަށް މުހިންމު ކާނާ!

ދުވާލެއްގެ ހަކަތައަށް މުހިންމު ކާނާ!

Author
ފާތިމަތު ނާވީ
20 ނޮވެމްބަރ 2021 06:43
0

ދުވަހުގެ ފެށުމުގެ ގޮތުން ކޮންމެ މީހަކުވެސް ބޭނުންވަނީ ހޫނު ކޮފީއެއް ނޫނީ ހޫނު ސަައިތައްޓެއް ބޯލާށެވެ. އެއީ އެފަދަ ބުއިމަކުން ހަށިގަނޑުގެ ވަރު ޖައްސާލާ ތާޒާކޮށްދޭތީއެވެ. އެހެން ނަމަވެސް ގިނަ ޑޮކްޓަރުން ލަފާދެނީ ހުސްބަނޑާހުރެ ހޫނު އެއްޗެހި ނުބުއިމަށެވެ. ހެދުނުގެ ފެށުން ފެންތައްޓަކާއެކު ހިކި މޭވާ އަކުން ފެށުމަށެވެ. އެއަށްފަހު ބަނޑު ހަމަޖެހިލުމުން އެމީހަކު އެންމެ ގަޔާވާ ހޫނު ބުއިމެއް ބުއިމުން، ދިމާވާ މައްސަލަތައް ކުޑަވެއެވެ.

މިއިން ކޮންމެ ކަމަކުންވެސް ދޭހަ ކޮށްދެނީ ދުވާލުގެ ވަގުތުތައް ތާޒާކޮށް ވަރުބަލިކަމެއްނެތި ހޭދަކޮށްލުމަށް ކޮންމެ މީހަކުވެސް ބޭނުންވާ މިންވަރެވެ. އާންމުކޮށް ވަރަށް ބިޒީކޮށް ވަގުތުތައް ހޭދަކުރަންޖެހޭ މީހުނަށް ގިނަފަހަރު ރަގަނޅު ކެއުމެއް ކާލާނެ ވަގުތެއްވެސް ނުވެއެވެ. ޑައިޓިޝަން ވިބާ ޕޫރި ބުނެފައިވަނީ މިފަދަ މީހުނަށް ދުވަހަށް ބޭނުންވާ ހަކަތަ ލިއްބައިދޭނެ ބައެއް ކާތަކެތި ބޭނުންކުރުން ވަރަށް މުހިއްމުކަމަށެވެ. އެގޮތުން ކުޑައެއްޗަކުން ގިނަ ހަކަތަ ލިއްބައިދޭނެ ބައެއް ކާނާތައްވެސް ޑައިޓިޝަން ވަނީ ހިއްސާކޮށްފައެވެ.

  1. ދޮންކެޔޮ

ދޮންކޭލަކީ އޭގައި ޕޮޓޭސިއަމް، ވިޓަމިން ބީ6 އަދި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ވަރަށް ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. ކޮންމެ ދުވަހަކު 2 ނުވަތަ 3 ވައް ދޮންކެޔޮ ކާނަމަ ހަށިގަނޑުގައި އެދުވަހަށް ބޭނުންވާ ހަކަތަ ދަމަހައްޓައިދޭނެކަމަށް ޕޫރީ ބުނެއެވެ.

  1. ބުރައުން ރައިސް

މިއީ ފައިބާ އަދި ވިޓަމިން ގިނަ އަދަދަކަށް ލިއްބައިދޭ މާއްދާތަކެއް އެކުލެވޭ ހަނޑުލެކެވެ. މި މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ދައުރުވާ ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މިއީ ހަށިގަނޑު ވަރުބަލިވުމުން ދުރުކޮށްދޭނެ ހައްލެކެވެ.

  1. މަސް

މަހުން ލިއްބައިދޭ ވިޓަމިން ބީ-12ގެ ސަބަބުން ލޭގައި ހުންނަ ރެޑް ބުލަޑް ސެލްގެ މަސައްކަތާއި، ހަށިގަނޑަށް ބޭނުންވާ އަޔަންގެ މަސައްކަތްތައް ފުރިހަމަ ކޮށްދެއެވެ. މި މަސައްކަތްތައް ހަމައަކަށް އެޅިފައިހުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ތާޒާކަން ގެނެސްދޭނެ ކަމެކެވެ.

  1. ބިސް

ބިހަކީ މުޅި  ދުވަހުގެ ހަކަތަ ހަށިގަނޑަށް ލިއްބައިދޭފަދަ އެއްޗެކެވެ. ބިހުގެ ހުދުބައިގާ ހިމެނޭ ޕްރޮޓީންގެ ސަބަބުން މުޅިދުވަހު ހަށިގަނޑު ވަރުބަލިކަމެއްނެތި ހުރުމަށް އެހީވެދެއެވެ.

މިއިން ކޮންމެ ކާނާއަކީވެސް އެ އެއްޗަކުން ހަށިގަނޑު ތާޒާކޮށްދީ ދުވަހުގެ ވަރުބަލިކަށް ކުޑަކޮށްދޭނެ ކާނާއެކެވެ. ހަށިގަނޑުގެ ވަރުބަލިކަން ކުޑަނަމަ ކުރާ މަސައްކަތްތައް ފުރިހަމަ ވެފައި ދުވަސް ތާޒާވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.