ކުޑަފަރީ ޞިއްޚީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދިޔަ، އެމްޑީޕީ މުވައްޒަފަކު ވަކިކޮށްފި

ކުޑަފަރީ ޞިއްޚީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދިޔަ، އެމްޑީޕީ މުވައްޒަފަކު ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2021 09:11
0

ނ.ކުޑަފަރީ ޞިއްޚީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދިޔަ، އެމްޑީޕީގެ އިސް ބޭފުޅަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ސިޔާސީ މަޤާމެއްގައިހުރި މިމީހަ ވަޒީފާއިން ވަކިކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ވަޒީފާއިން ވަކިިކޮށްފައިވަނީ ނ.ކުޑަފަރި މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ، ހެލްތް ސަރވިސަސްގެ މަގާމުން ޖާބިރު ޙަސަން އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށް އޭނާއަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ޖާބިރު ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އެމްޑީޕީ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާއަކީ ކުޑަފަރީ އެމްޑީޕީގެ ހަރަކާތްތަކުގެ އިސްކޮށް ހަރަކާތްތެރިވެ ގިނަ ކެމްޕެއިންތައް މެނޭޖް ކުރި ޒުވާނެއްކަމަށެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މެމްބަރު އަހުމަދު އީސާގެ ޒާތީ ކަންކަމާއި އަޅުވާފައިކަމަށް ވަނީ ބުނެފައެވެ. އަދި މިކަން ކޮށްފައިވަނީ ވަރަށް ހުތުރުކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.