އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްވެ މިހާރު ތައްޔާރު ކުރަމުންދާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އަޙްމަދު ޒަމީރު ސޮއިކުރައްވައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މި ޕެޓިޝަނުގައި ސޮއި ކުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި އިއްޔެ ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، އިއްޔެ ކުރިޔަށްދިޔަ ހަރަކާތެއްގެ ތެރެއިން، ޒަމީރުވަނީ އެ ސަރަޙައްދަށް ވަޑައިގެން ޕެޓިޝަންގައި ސޮއި ކުރައްވާފައެވެ.
މިކެމްޕެއިންގައި މާލެ އާއި އަތޮޅު ތެެރޭގެ ގިނަ ބަޔަކު ދަނީ ބައިވެރިވެ ޕެޓިޝަންގައި ސޮއި ކުރަމުންނެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޭވުބަށް ގޮވާލައި ގިނަ ބަޔަކުޔު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ