ރާއްޖެއާއި ކޮޗިންއާ ދެމެދު ފަށާފައިވާ ކާގޯ ފެރީން އިންޑިޔާއިން މާގަސްތަކެއް ގެންނަން ބޭނުންވާ ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ކޮޗިން އިން ރާއްޖެއަށް މުދާ ގެނައުމަށް ހަމަޖައްސާފައިވާ ފެރީގެ ޚިދުމަތުގެ އަޑު މަޑުވުމާއި ގުޅިގެން ނިހާން ވަނީ ކޮޗިން ފެރީ ޗޮކުން ދިޔައީތޯ ސުވާލުކޮށްފައެވެ. މިސުވާލުގެ ޖަވާބުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވީ ކޮޗިން ފެރީ ޗޮކުން ނުދާނެކަމަށެވެ. އަދި މިހާރުވެސް ފެރީ އޮތީ މާލޭގައި މުދާ ބޭލުމަށްކަމަށެވެ. އަދި މުދާ ބޭލުމަށްފަހު އިންޑިޔާ ގޮސް އެބުރި އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ހިސާބުގައިކަމަށެވެ. އަމްރުވަނީ ނިހާން ކާގޯފެރީން މުދާ ގެނައުމަށް ބޭނުންވޭތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލާއި ގުޅިގެން ނިހާންވަނީ އިންޑިޔާއިން މާގަސްކޮޅެއް ގެނައުމަށް ބެނުންވާކަމަށް ވިދާޅުވެފައެވެ. އަދި ފެރީ އޮތްދުވަހެއް ސާފުކޮށްލީ މާގަސްތައް ފެރީގައި ގެނައުމަށްކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.
Aadhe, Alhugandu Cochin in Male’ ah Gennan Beynun Vaa Maa Gas Kolheh Hurumun, Ehen Vegen Balaalee. Shukuriyyaa ?? Iraadha Kurehvviyyaa Mi Gas Kolhu Gennaanee Ferry Ga. pic.twitter.com/siFfCjDJjI
— Ahmed Nihan (@ahmed_nihan) October 30, 2020
އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް އައި ފުރަތަމަ ކާގޯ ފެރީ އެރަށަށް ބަނދަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.
އިންޑިއާ-ކޮޗިން ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ. މި ފެށި ކާގޯ ފެރީގެ ސަބަބުން އަގުހެޔޮކޮށް މުދާ ގެނައުމަށް ދިވެހި ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ