މިރޭ އިތުރު 1،000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކަން ނިންމައިފި

މިރޭ އިތުރު 1،000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކަން ނިންމައިފި

ގުޅުންހުރި

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗުގެ ޓިކެޓް ނުލިބި ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅު ކުރަން ފެށުމުން މިރޭ އިތުރު 1،000 ޓިކެޓް ވިއްކުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމް އިން ނިންމައިފިއެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކަން ނިންމި 1،000 ޓިކެޓް ކަމަށާއި މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށެވެ. މީހަކަށް ވިއްކާނީ އެންމެ ޓިކެޓެކެވެ.

އެފްއޭއެމުން ބުނީ އިތުރު 1،000 ޓިކެޓް ވިއްކަން ނިންމީ ރާއްޖެ މެޗު ބަލަން ދަނޑަށް ވަންނަން ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފޭސްބުކްގައި ކުރި ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ ގައުމީ ޓީމަށް ސްޕޯޓަރުންގެ ސަޕޯޓްވަރަށް މުހިންމުކަމަށާއި މެޗުން މޮޅުވުމަށް 12ވަނަ ކުޅުންތެރިޔާގެ ރޯލް އަދާކޮށްދިނުމަށް ބައްސާމް ވަނީ އެދިވަޑައިގަންފައެވެ.

ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. އެއީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ލަންކާ މިމުބާރަތުގައި މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު އެޓީމުވަނީ ދެ މެޗުން ބަލިވެ، އެއް މެޗް އެއްވަރުކޮށްފައެވެ. މާދަމާ ހަވީރު ރާއްޖެ އާއި ދެކޮޅަށް ލަންކާ ނިކުންނައިރު، ލަންކާއަށްވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ ހުރިހާ ދޮރެއް ބަންދުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ